ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް 19އާ ގުޅިގެން އެމްޑަބްލިޔުއެއެސްސީން ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ދޭން ނިންމައިފި

ދިވެހިރާއްޖޭގެ ފެންކުންފުނި އެމްޑަބްލިޔުއެސްސީހެ މައި އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ، ކޮންމެ ގެއަކަށް އެއް ޓަނު ފެން ހިލޭ ދިނުމަށް އެމްޑަބްލިއުއެސްސީއިން ނިންމައިފި އެވެ.

ކޮރޯނާ ވައިރަސްއާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ފޯރުކޮށް ދިނުމަށް ފެން ކުންފުނިން ނިންމާފައިވާ ކަމަށް މި ނިންމުމަށް އެ ކުންފުނީގެ މެނޭޖްމެންޓަށާއި ސްޓާފުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ޝުކުރު ދަންނަވާ ކަމަށެވެ.

ފެން ކުންފުނިން މިފަދަ ނިންމުމެއް ނިންމިއިރު އިންޓަނެޓްގެ ހިދުމަތް ހިލޭ ދިނުމަށް ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކާއި ވާހަކަދައްކައިގެން ނިންމުމެއް ނިންމުމަށް ވިސްނަވަންތޯ ސުވާލުކުރެއްވުމުން މަބްރޫކް ވަނީ އެފަދަ ނިންމުމެއް މިހާތަނަށް ނިންމާފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

މި ބަލިން ރައްކާތެރިވުމަށް ރާއްޖެއިން މުހިއްމު ފިޔަވަޅުތަކެއް މިއަދު ވެސް ވަނީ އަޅާފައެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އަރައި ފޭބުން މަނާކުރުމާއި، މާލޭ ސަރަހައްދުގައި ހުރި އެއްވެސް ގެސްޓްހައުސަކަށް ފަތުރުވެރިން ޗެކިން ކުރުން މަނާކުރުމުގެ އިތުރުން ކޮލްޖުތަކާއި ޔުނިވާސިޓީތައްވެސް ދެ ހަފްތާއަށް ބަންދުކުރަން ވަނީ އަންގާފައެވެ.

ރާއްޖެއިން މިހާތަނަށް 10 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

10 މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: