ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުން މެދުކަނޑާލުމަށް ނިންމައިފި

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ފްލެޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލެއްވުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރީއްޔާގެ އޮފީހުން ބުނެފިއެވެ. 

ރައީސް އޮފީހުން ހާމަކުރި ގޮތުގައި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ފެތުރުން ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާތީ، 15 މާރިޗު 2020 އިން ފެށިގެން ”ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ“ އިން ކުރިއަށްގެންދާ، ”ހިޔާ“ މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލެއްވުމަށް ވަނީ ނިންމާފައެވެ. 

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން މި ފިޔަވަޅު އަޅުއްވާފައިވަނީ ހުރިހާ ފަރާތްތަކެއްގެ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްސަދުގައިކަމަށާއި މި މަސައްކަތް އަލުން ފެށުމުގެ ކުރިން އެކަން ޢާންމުކޮށް އިޢުލާންކުރެވޭނެކަމަށް ކޮމެޓީން އެދޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. 

ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބޭ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުން މެދުކަނޑާލެއްވުމަށް ނިންމާފައިވާއިރު މި މަޝްރޫއުގެ ދަށުން ފުލެޓް ލިބޭ ފަރާތްތަކަށް މިއަހަރު ފުލެޓް ހަވާލު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: