ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގެ ވޯޓުލުން މުއްދަތެއް ނެތްގޮތަށް ފަސްކޮށްދިނުމަށް އީސީން ހައިކޯޓުގައި އެދިއްޖެ

އީސީގެ ބައްދަލުވުމުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވޯޓުލުން މުއްދަތެއް ނެތްގޮތަށް ފަސްކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މިއަދު ހުށަހަޅައިފިއެވެ. 

އީސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އީސީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ހަމައެކަނި އިންތިހާބުގެ ވޯޓުލާ ތާރީހު ފަސްކޮށްދިނުމަށް ކަމަށެވެ. 

ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކޮށްފިނަމަ އީސީން ކުރަން ޖެހޭ މަސައްކަތްތަކާއި އަދި އިންތިހާބަށް ކުރަން ޖެހޭ ހަރަދު އިތުރަށް ބޮޑުވެގެން ދާނެ ކަމަށެވެ. އެޮގތުން އިންތިހާބު ފަސްކޮށްފިނަމަ އަލުން އިންތިހާބަށް ހުޅުވާލާ އަލުން ގުރުނެގުމުގެ ކަންކަމާއި ހުރިހައި ކަމެއް އަލުން ފަށަން ޖެހޭނެކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. 

އިންތިހާބާއި ގުޅޭ ގޮތުން އީސީން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އިތުރު ތަފްސީލް ދެއްވަމުން ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބާއި ގުޅޭ ގޮތުން އީސީން ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ވޯޓުލާ ތާރީހު މުއްދަތެއް ނެތްގޮތަށް ފަސްކޮށްދިނުމުގެ އިތުރުން އަލުން ވޯޓުލާ ތާރީޙު އިއުލާން ކުރުމުގެ ހުރިހައި ބާރެއް އީސީއަށް ދިނުމަށާއި އަދި އިންތިހާބުގެ ވޯޓުލާ ތާރީހު އީސީން އިއުލާން ކުރުމަށް ފަހު ކުރަން ޖެހޭ ހުރިހައި ކަމެއް އީސީން ކަނޑައަޅާ މުއްދަތެއް ކުރުމަށް އީސީއަށް ބާރުތައް ދިނުމަށް ކަމަށެވެ. 

މުއްދަތެއް ނެތް ގޮތަށް އިންތިހާބުގައި ވޯޓުލުން ފަސްކުރުމަށް އިލެކްޝަން ކޮމިޝަނުން އެދިފައިވީ ނަމަވެސް ޝަރީފް ވިދާޅުވި ގޮތުގައި މީގެކުރިން އިންތިހާބާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ އެއްވެސް މަރުހަލާއެއް ބާތިލެއް ނުވާނެ އެވެ. އަދި އެ މަރުހަލާތައް އަލުން އިންތިހާބާ ގުޅިގެން ކުރިއަށް ގެންދަން ވެސް ނިންމާފައެއް ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އެދެން ޖެހުނު ސަބަބަކީ ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ހާލަތު ވެސް އަދި ދުނިޔޭގެ ހާލަތު ވެސް އަންދާޒާ ކުރަން ނޭނގޭ ގޮތަށް ބަދަލުވަމުންދާތީ ކަމަށެވެ. އަދި މީހުން އެއްވެ ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވެސް އަންގާފައިވާތީ ކަމަށެވެ. އަންނަ މަހުގެ 18 ވަނަ ދުވަހު އިންތިހާބު ބާއްވާނަމަވެސް ކުއްލި ހާލަތުގެ މި މުއްދަތުގެ ތެރޭގައި މީހުން އެއްވެ، ގިނަ ކަންތައްތަކެއް އިލެކްޝަން ކޮމިޝަނުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ މިހާރު އޮތް ހާލަތަކީ ކެމްޕެއިން ކުރުމަށް ވެސް އެކަށީގެންވާ މާހައުލެއް ނޫން ކަމަށެވެ. އިންތިހާބެއް ބާއްވާނަމަ ކެމްޕެއިން ކުރުމަށް އެކަށީގެންވާ މާހައުލެއް އޮންނަން ޖެހޭނެކަން އަކްރަމް ފާހަގަ ކުރެއްވި އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: