ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ބަންގްލަޑޭޝުން އެނބުރި ރާއްޖެއަށް އަންނަ ދިވެހިން ގޭގައި އެކަހުރި ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ބަންގްލަދޭޝުން އެނބުރި ރާއްޖެއަށް އަންނަ ދިވެހިން އެކަހުރި ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު ބަންގްލަދޭޝްއަކީ ކޮރޯނާ ވައިރަސްގެ ސަބަބުން މީޙުން ރާއްޖެއަށް އެތެރެވުމާއި ދިއުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު އަޒީޒް ވިދާޅުވީ ބަންގްލަދޭޝުން އަންނަ ދިވެހިން މިހާރު ކަރަންޓީނުކުރުމުގެ ބަދަލުގައި އެ މީހުން ތިބެންޖެހޭނީ ސެލްފް-އައިސޮލޭޝަންގައި ގޭގައި ކަމަށެވެ.
ބަންގްލަދޭޝްގެ އިތުރުން ރާއްޖޭން ވަނީ ޗައިނާ އާއި، އިޓަލީ، އިރާނު، ސްޕެއިން، ދެކުނު ކޮރެއާގެ ދެ ސިޓީއަކާއި، ފްރާންސް އަދި ޖަރުމަނުގެ ބައެއް ސިޓީތަކުން މީހުން އެތެރެވުން މަނާކޮށްފަ އެވެ.

