ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ލިބޭއާމްދަނީ ދަށްވެއްޖެނަމަ ކޮވިޑް-19 ހުއްޓުވަން ކުރާ މަސަައްކަތަށް ހުރަސްތައް އެޅޭނެ: ރައީސް

ސާލް ؛ީޑަރުންގެ މެދުގައި ބޭއްވި ވީޑިއޯ ކޮންފަރެންސްގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ސަބަބުން ދިވެހިރާްޖެއަށް ލިބޭ އާންމުދަނީ ދަށްވެއްޖެނަމަ ކޮރޯނާ ވައިރަސް ހުއްޓވުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ. 

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އިސްނެންގެވުމަކަށް، ސާކްގެ އަށް ގައުމުގެ ވެރިން މިއަދު ފެއްޓެވި ވީޑިއޯ ކޮންފަރެންސްގައި ރައީސް ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓްކުރާ މުދަލަށް ބަރޯސާކުރާ ގައުމަކަށް ވާތީ، ރާއްޖެއަަށް ލިބޭ ބޭރު ފައިސާގެ އަދަދު މަދުވެއްޖެ ނަމަ ރާއްޖެއަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި އާމްދަނީ ދަށްވުމަކީ ކޮވިޑް-19 ހުއްޓުވަން ކުރާ މަސަައްކަތަށް ވެސް ހުަރަސްތައް އެޅޭނެ ކަމެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. 

ރައީސް ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ސާކްގެ ގައުމުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެކުލަވާލާ ޕްލޭންގައި މައިގަނޑު ތިން ކަމެއް ހިމެނުމަށް އެދިވަދައިގެންފައެވެ. އެގޮތުން ހިމަނަން ޖެހޭ ފުރަތަމަ ކަމަކީ ސަރަހައްދީ ގައުމުތަކުގެ ހެލްތު އެޖެންސީތައް ގުޅިގެން މަސައްކަތްކޮށް، މައުލޫމާތު ބަދަލުކުރުމުގައި ހުރަހެއް ނެތްކަން ކަށަވަރުކުރުން ކަމަށާއި ދެވަނަ ކަމަކީ އިގުތިސާދީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް ލުޔެއް ދިނުމުގެ ޕެކޭޖެއް އެކުލަވައިލުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި  ތިން ވަނަ ކަމެއްގެ ގޮތުން، ކޮވިޑް-19 އާ ހަނގުރާމަކުރުމުގެ ތަފްސީލީ ސްޓްރެޓެޖީއެއްގައި، ދިގުމުއްދަތުގެ ރިކަވަރީ ޕެކޭޖެއް ހިމެނެންވާނެކަމަށްރައީސްވިދާޅުވިއެވެ.

null

 ސާކްގެ އަށް ގައުމުގެ ވީޑިއޯ ކޮންފަރެންސްގައި ރައީސް ވިދާޅުވީ ރާއްޖެ އަށް ޓޫރިސްޓުން އަންނަ އަދަދު، ރާއްޖޭން ބަލި ފެތުރުމުގެ އެތައް ހަފްތާއެއް ކުރިން ފެށިގެން ދަށަށް ދާން ފެށި ކަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އަށް ޓޫރިސްޓުން އައި ވަރު މިދިޔަ އަހަރާ އަޅާބަލާއިރު 14.3 ޕަސެންޓުން ދަށަށް ދިޔަ ކަމަށާއި މާޗްމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 22.8 ޕަސެންޓްގެ ދަށް ވުމެެއް ކުރިމަތި ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޓޫރިޒަމަށް އަންނަ ކޮންމެ ހީނަރު ކަމަކުން ރާއްޖޭގެ އިގުތިސާދަށް ވަަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވާނެ އެވެ. ޓޫރިޒަމުން ލިބޭ އާމްދަނީ އަކީ ރާއްޖޭގެ ޖީޑީޕީގެ ހަތަރުބައިކުޅަ އެއްބަޔަަށް ވުރެ ބޮޑު މިންވަރެއް ކަމަށާއި ރާއްްޖެ އަށް ލިބޭ ބޭރު ފައިސާގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ވެސް އެ އިންޑަސްޓްރީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަކީ ސާކް ސަރަހައްދުގެ އެހެން ގިނަ ގައުމުތަކެއްގައިވާ ވިޔަފާރީގެ ގޮތުން ގުޅިފައިވާ އިންޑަސްޓްރީއަކަށް ވާތީ ރާއްޖެ އަށް މިއައި ދަތިކަމުގެ އަސަރު، ރައީސް ވިދާޅުވި ގޮތުަގައި ސާކް ގައުމުތަކަށް ވެސް ކުރާނެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: