ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދަރަނި ދައްކަން އުޅެނީ ޓެކްސް ބޮޑުކޮށްގެން، ރައްޔިތުންގެ ފައިސާއިން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ދަރަނި ދައްކަން މަސައްކަތް ކުރަނީ ޓެކްސް އިންތިހާއަށް ބޮޑުކޮށްގެން ރައްޔިތުންގެ ފައިސާއިން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

ނަޝީދު މިހެން ވިދާޅުވީ ނ. ކެނދިކުޅުދޫއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޝްރޫއުތައް ހިންގުމަށް ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ސަރުކާރުން މިހާރު އިސްކަންދޭތީ، ރަށްރަށުގައި ހިންގަންޖެހޭ މަޝްރޫއުތައް ނުހިންގި ހުއްޓިފައިވާ ކަމަށެވެ. އަދި މި ލޯނުތައް ދެއްކުމަށްޓަކައި ޓެކްސް ބޮޑުކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށާއި، އެއީ ރައީސް މުއިއްޒުގެ ވިސްނުންފުޅު ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުވާލައްވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ދަރަނި މިހާރު ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 120 އިންސައްތައިގައި ކަމަށެވެ.

 ”މިހާރު މުއްސަނދި ނުވަންޏާ ދެން ވަނީ ފަގީރު. އެބަޔަކު އޮތް ތަނެއްގައި މިހާރު ނޯވޭ. އެއީ ކަން ހިނގާ ގޮތް. މިއީ މާ ހިތްދަތި ގޮތެއް،“

ރައްޔިތުން މުއްސަނދިވުމުގެ މުހިންމުކަމާ ގުޅޭގޮތުން ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، މިހާތަނަށް ފަސް ފަހަރަށް ކައުންސިލްތައް އިންތިހާބު ކުރެވިފައިވާ ކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް (ޑަބްލިޔުޑީސީ) ވެސް އިންތިހާބު ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ކައުންސިލްތަކާއި ޑަބްލިޔުޑީސީތަކަކީ މަސައްކަތް ކުރެވޭނެ ފެންވަރުގެ ގާބިލްކަން ހުރި މުއައްސަސާތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ގައުމަށް ބޮޑު ބަދަލެއް އަންނާނީ ކައުންސިލްތަކަށް ފުރިހަމަ މިނިވަންކަން ދީގެން ކަމަށެވެ. އެމްޑީޕީން ދެން ނުކުންނާނީ ރައްޔިތުންނާ އެކު ރާއްޖެ ބަދަލުކުރުމުގެ މަސައްކަތަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: