ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާމް މިނިމަމް ވޭޖް ސިފަކުރެއްވީ ބިސް އެޅުމުގެ ކުރިން ކުކުޅު މަރާލުމުގެ ގޮތުގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ”ބިސް އެޅުމުގެ ކުރިން ކުކުޅުން ބިސް ނަގައިގެން މަރާލުން“ ކަމަށް މީދޫ ދާއިރާ މެމްބަރު އަހްމަދު ސިޔާމް ސިފަކުރައްވައިފިއެވެ.

މިނިމަމް ވޭޖް ބޯޑުގެ ރިޕޯޓް ދިރާސާކުރުމަށް ހޯމަ ދުވަހު ބޭއްވި އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ދިނުމަށް އޭނާވެސް ތާއީދު ކުރައްވާ ކަމަށެވެ.

ވިޔަފާރީގެ ތެރޭގައިވެސް މަސައްކަތް ކުރައްވަމުން އަންނަ ސިޔާމް ވިދާޅުވީ މިނިމަމް ވޭޖެއް ދޭއިރު، އެ އަދަދެއް ދޭން ޖެހޭނީ ”ސަޕްލައި އެންޑް ޑީމާންޑް“ ބަލަފާއި ކަމަށެވެ.

ސިޔާމް ވިދާޅުވީ އެނޫން ގޮތަށް މިނިމަމްވޭޖެއް ކަނޑައަޅައިފި ނަމަ، ރާއްޖޭގެ އިގްތިސާދު އިނދަޖެހޭނެ ކަމަށެވެ. އަދި މިދުވަސްވަރު، ކޮރޯނާވައިރަސްގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދުގައި ހިއްސާކުރާ ބޮޑެތި ގައުމުތައް ބެންކްރަޕްޓް ވަމުންދާ ކަމަށާއި އަދި ބޭންކްތައް ހަލާކުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑެތި އެއާ ލައިންތަކާއި ޝިޕިންލައިންތައް ބަގުރޫޓު ވަމުންދާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވި ގޮތުގައި ރިސޯޓުތަކާއި ހޮޓާތައް އިންސާނުން ނޫޅޭ ”ގޯސްޓް ޓައުން“ ތަކަށް ބަދަލުވާން ފަށައިފިއެވެ.

ސިޔާމް ވިދާޅުވީ މިވަގުތަކީ މިނިމަމް ވޭޖެއް ކަނޑައެޅުމާއި ތަންފީޒް ކުރުމަށް އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ބިދޭސީންނަށް އެފަދަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ، އޭނާ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވި ގޮތުގައި ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައެޅުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

ހޯމަ ދުވަހު އޮތް އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، މިނިމަމް ވޭޖް ބޯޑުގެ މެންބަރުން ވަނީ ހާލަތަށް ބަލައި މިނިމިމް ވޭޖް ތަންފީޒު ކުރުން ލަސްކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ.

މެންބަރުންގެ ވާހަކައިގައި މިހާރު ރާއްޖޭގެ އިގްތިސާދު އޮތީ އިއްޔެ އޮތް ހާލަތުގައި ނޫން ކަމަށާއި އެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ.

މިނިމަމް ވޭޖެއް ލަސްނުކޮށް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިވަގުތަކީ، އެކަން ކުރަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ.

މިނިމަމް ވޭޖް ރިޕޯޓު އެކުލަވާލީ، ކޮރޯނާވައިރަސްގެ ނުރައްކާ އައުމުންގެ ކުރިން ކަމަށްވުމުން، އިގްތިސާދު ހަމައަކަށް އެޅުމުން ބޯޑުގެ ރިޕޯޓު އިތުރަށް ރިވައިޒްވެސް ކުރަން ޖެހޭނެ ކަމަށް ދެކޭ ކަމަށް މެންބަރުން ވިދާޅުވިއެވެ.

މިނިމަމް ވޭޖު ބޯޑުގެ ލަފަޔަކީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމެވެ. އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ލަފާދީފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: