ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އާއި ޖޭޕީއަށް ފައިސާ ދޫކުރަން އިލެކްޝަން ކޮމިޝަނުން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދޫކުރަމުންދާ ފައިސާގެ ތެރެއިން އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއަށް ދޫކުރުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އެ ޕާޓީއަށް ފައިސާ ދޫކުރުމަށް އީސީ އިން ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ސިޔާސީ ޕާޓީތަކުން ހުށަހަޅަންޖެހޭ އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ އެ ދެޕާޓީން އެކަނި ކަމަށްވާތީއެވެ.

ސަންގާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ މިހާތަނަށް އިލެކްޝަން ކޮމިޝަނަށް މި ލިޔެކިޔުންތައް ހުށަހަޅާފައިވަނީ ދެ ޕަޓީއަކުންކަމަށެވެ.

އަކްރަމް ވިދާޅުވީ ޤާނޫނުގައި ބުނާގޮތަށް ކޮމިޝަނުން ފައިސާ ދޫކުރަމުންދަނީ ކޮންމެ އަހަރަކުވެސް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ހުށަހަޅާ ޕަޓީތަކަށްކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ދިހަ ޕާޓީއެއް އެބައޮތެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭ، ޑީއާރުޕީ، ޕީއެންސީ، ލޭބާ ޕާޓީ، އެމްޓީޑީގެ އިތުރުން އެމްއާރުއެމްއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރެކޯޑްސްތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް  އެމްޑީޕީގައި 53748 މެންބަރުން އެބަ ތިއްބެވެ. އަދި އެ ތާރީޚާއި ހަމައަށް ޖޭޕީގައި 12128 މެންބަރުން ތިބި އިރު، 36054 މެންބަރުން ތިބި ކަމަށް ކޮމިޝަނުގެ ދަފްތަރުން އެގެއެވެ.

މެންބަރުންގެ އަދަދަށް ބަލާއި އީސީން ވަނީ ޕާޓީތަކަށް ދޫކުރާ އަދަދުތަކުގެ ތަފްސީލްވެސް ހާމަކޮށްފައެވެ. އެގޮތުން އެމްޑީޕީއަށް 17,612,793.01 (ސަތާރަ މިލިއަން ހަލައްކަ ބާރަހާސް ހަތްސަތޭކަ ތިނެއް ޕޮއިންޓް ސުމެއް އެކެއް) ރުފިޔާ ލިބެއެވެ.

ޖުމްހޫރީ ޕާޓީއަށް ލިބެނީ 3,974,249.34 (ތިން މިލިއަން ނުވަ ލައްކަ ހަތްދިހަ ހަތަރު ހާސް ދުއިސައްތަ ސާޅީސް ނުވައެއް ޕޮއިންޓް ތިނެއް ހަތަރެއް) ރުފިޔާއެވެ. ޕީޕީއެމްއަށް 11،814،609.56   ( އެގާރަ މިލިއަން އަށްލައްކަ ސާދަ ހާސް ހަސަތޭކަ ނުވައެއް ޕޮއިންޓް ހައެއް ފަހެއް) ރުފިޔާއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޫކުރާނީ އެ ޕާޓީއެއްގައި 10000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. ފަހަކަށް އައިސް ގިނަ ޕާޓީތަކެއް ރަޖިސްޓާކޮށްފައިވާ އިރު އެއިން އެއްވެސް ޕާޓީއަކަށް އަދި މިހާތަނަށް އެ އަދަދަށް މެންބަރުން ހަމަ ކުރެވިފައެއް ނުވެއެވެ.

އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއަށް ފައިސާދިނުމަށް ކޮމިޝަނުން ނިންމާފައިވީނަމަވެސް ފައިސާ ދޫކުރާނެ ވަކި ތާރީޚެއް އަދި ކޮމިޝަނުން ނިންމަވާފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: