ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައްމާން ކިޔައިދިނީ ސަރުކާރުގެ ހަގީގަތް، ޖަލަށް ލީ އެހެންވެ: ފައްޔާޒު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ޖަލަށްލީ ސަރުކާރުގެ ހަގީގަތްތައް ހާމަކުރެއްވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ޝަމްއާން އިއްޔެ ކިޔައިދެއްވީ މި ސަރުކާރުގެ އަސްލު ހަގީގަތް ކަމަށެވެ. އަދި ޝަމްއާން ޖަލަށް ހުކުމް އެ ކުރީ އެ ވަހާކަތަކުގެ ހަގީގަތް ހާމަކޮށްދިނުމުން ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންނަވަން ކެމްޕެއިން ކުރައްވަމުން ގެންދަވާ ފައްޔާޒު އިތުރަށް ވިދާޅުވީ، ކޯޓާގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުގައި ހުއްޓުވުމުން އެކަން އަލުން ފެށީ މި ސަރުކާރުން ކަމަށެވެ.

އެކަމަށް މަގުފަހިކުރުމަށް ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް މި ސަރުކާރުން ވަނީ ވިއްކާލާފައި ކަމަށާއި އެއީ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެކަމުގައި އިސްކޮށް ތިބީ ސަރުކާރުގެ އެންމެ އިސްފަރާތްތައް ކަމަށް އޭނާ ވެސް ތުހުމަތުކުރެއްވިއެވެ.

އިއްޔެ ޝައްމާން 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރުމުގެ ކުރިން އޭނާ ވަނީ އެކްސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ.

އެގޮތުން ޝައްމާން ވިދާޅުވީ، ރާއްޖޭގެ މައި ބޯޑަރު ކޮންޓްރޯލް ސިސްޓަމް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވަކި ބަޔަކަށް ވިއްކާލާފައި ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް މަސައްކަތް ކުރެއްވުމުން އޭނާއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވި ކަމަށް ޝައްމާން ވިދާޅުވިއެވެ. މީގެ އިތުރުން، ބޯޑަރު ކޮންޓްރޯލް ސިސްޓަމާ ގުޅޭ ބޮޑު ޖިނާއީ އޮޕަރޭޝަނެއްގައި ހޯމް މިނިސްޓަރު އިހުސާނާއި އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ބައިވެރިވެވަޑައިގަންނަވާ ކަމަށް ޝައްމާން ތުހުމަތު ކުރެއްވިއެވެ. މިކަމުގެ ހެކިތައް އޭނާގެ ފޯނުގައި ހުރިނަމަވެސް އެ ފޯނު މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމުގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެއްވުމުން އެންމެ ފަހުން ކުރެއްވި މުއާމަލާތުގައި، މިކަމުގައި ”ދެން އިތުރު ބަދަލެއް ނާންނާނެ“ ކަމަށް ރައީސް ވިދާޅުވި ކަމަށާއި، އެކަމާ ގުޅިގެން އިތުރަށް މަސައްކަތް ނުކުރުމަށް އަންގައި އިންޒާރު ދެއްވިކަމަށް ވެސް ޝައްމާން ވިދާޅުވިއެވެ.

ކޯޓުގެ ބޭރުގައި މީޑިއާތަކާ ވާހަކަ ދައްކަވަމުން ޝައްމާން ވިދާޅުވީ، އޭނާގެ މައްޗަށް ތަހުގީގެއް ހިންގައި ޖަލަށް ލާން މަސައްކަތް ފެށީ ވެސް އެ ކޮރަޕްޝަންގެ ވާހަކަތައް ދައްކަން ފެށުމުން ކަމަށެވެ. އަދި ސަރުކާރުގެ އިސް ފަރާތްތަކުން އޭނާ ފްރޭމްކޮށްފައިވާ ކަމަށް ތުހުމަތުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: