ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަޔާތުގެ މުހިންމު ދުވަސްތައް ނުފެނި ދިޔައީ ޕާޓީ ހެދުމުގައި، ދޫކޮށްފައެއް ނުދާނަން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ހަޔާތުގެ މުހިންމު ދުވަސްތައް ފަނޑުވެ ނުފެނި ދިޔައީ އެމްޑީޕީ އުފައްދަން ކަމަށާއި އެނޫން ޕާޓީއެއް ބޭނުންފުޅުނުވާ ކަމަށް އެންޑީޕީގެ ޗެއާޕާސަން ކެންޑިޑޭޓް ކުރީގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ނ. މިލަދޫއަށް މިއަދު ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ނަޝީދު ވިދާޅުވީ ޕާޓީ ދޫކުރައްވައި ދެން ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ވޯޓު ނުލާންވީ ސަބަބެއް އޮތިއްޔާ އެކަން އެމަނިކުފާނާ ހިއްސާކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ނަޝީދު ވިދާޅުވީ ރަށްރަށަށް ބަދަލު ގެނެއި ޕާޓީއަކީ އެމްޑީޕީ ކަމަށާއި، ރައްޔިތުންގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނެ ޕާޓީއަކީވެސް އެއީ ކަމަށެވެ. އެގޮތުން ރަށްރަށުގެ ކޮންމެ ގެއެއްގެ އާމްދަނީ އިތުރުކުރައްވާނެ ކަމަށާއި، ގެއަކަށް 60،000 ރ. ވެއްދޭނެ ގޮތްތައް ހޯދައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

”އެބަ ބުނޭ އަޅުގަނޑާއި ހެދިއޭ 2023 ދިޔައީ. އެެހެންވިއްޔާ އަޅުގަނޑު 2028އަށް ގެންނަން ވީއެއްނު. އަޅުގަނޑު ތިބޭފުޅުންނާއި އެކުގައި މަސައްކަތްކޮށް 2028 ކާމިޔާބުކޮށްދޭނަން،“

އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާތީ ސަރުކާރަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު ގެންގުޅުއްވަނީ ވަރަށް ހުދުމުހުތާރު އަދި ދަށުދަރަޖައިގެ ގޮތްތަކެއް ކަމަށެވެ. މިއަދު ރައްޔިތުން އަޅުވެތި ކުރަނީ އެހެން ގޮތަކަށް ކަމަށާއި، އެއީ ވަޒީފާގެ ބިރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ވަޒީފާގެ ބިރު ދައްކައިގެން އުޅޭއިރު، ރައްޔިތުން ގައިގައި ޖަހާ ޗޭނަކީ މުވައްޒަފުން ކަމަށާއި އަދި ވިއްކާލާ ތަނަކީ ދައުލަތުގެ މުއައްސަސާތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: