ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުތު ޕާމް ބީޗް ރިސޯޓުން ފަތާފައި އައްޑޫ މީދޫއަށް އެރި މީހާގެ ބަންދަށް 15 ދުވަސް!

ސައުތު ޕާމް ބީޗް ރިސޯޓުން ފަތާފައި އައްޑޫ މީދޫއަށް އެރި މީހާގެ ބަންދަށް 15 ދުވަސް! - ފޮޓޯ: ޓްރިޕް އެޑްވައިސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ 13 ޕޮޒިޓިވް ކޭސްއެއް ރިސޯޓުތަކުން ފެނި ރާއްޖޭގެ ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްތަކަށް މީހުން ދިއުން މަނާކޮށްފައި ވަނިކޮށް އައްޑު އަތޮޅު ރިސޯޓަކުން އެ އަތޮޅު މީދުއަށް ފަތާފައި ދިޔަ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ ފާތާފައި ގޮސް އެ މީހާ މީދޫއަށް އަރާފައިވަނީ ސައުތު ޕާމް ބީޗް ރިސޯޓުން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެެ ހަވީރުގެ ވަގުތެއްގައި އޭނާ ފަތާފައި މީދޫއަށް އެރިކަން އެނގުމާއި އެކު ރަށުގެ ހެލްތް ސެންޓަރަށް ގެންގޮސް ސިއްހީ އެއްވެސް ނުރައްކަލެއް ނެތްކަން ޔަގީން ކުރުމަށްފަހުގައި ކަމަށެވެ.

ހައްޔަރު ކުރި މީހާގެ ބަންދު އިތުރުކޮށްފައިވާކަން ފާހަގަކޮށް އިޒްމިއާ ވިދާޅުވީ އައްޑޫގެ މީދޫ ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަަހައިދީފައިވާ ކަމަށެވެ.

އިޒްމިއާ މީޑިއާތަކަށް ވިދާޅުވީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން އަންގާފައިވާ އެންގުންތައް ފުލުހުން ފުރިހަމައަށް ތަންފީޒް ކުރާނެ ކަމަށާއި އަދި އެންގުންތައް ތަންފީޒް ކުރަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ ކަމަށެވެ.

އެއްފަސްކޮށް އޮންނަ ބައެއް ރިސޯޓުތަކުން ނުވަތަ ބްރިޖްއަކުން ގުޅުވާފައި އޮންނަ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުން ޑިއުޓީއަށްފަހު ރަށަށް އަންނަ މައްސަލަ ފާހަގަވެ އެކަމާއި ގުޅޭގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން ކޮރޯނާ ވައިރަސް އާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެގޮތަށް އެއްވެސް ސްޓާފަކަށް އަމަލު ނުކުރެވޭނެ ކަމަށާއި، ރިސޯޓުތަކަށް ވަރަށް ސާފުކޮށް އެކަން އަންގާފައިވާނެ ކަމަށެވެ. އަދި އެއްވެސް މުވައްޒަފެއްގެ ފަރާތުން އެފަދަ އަމަލެއް ފާހަގަވެއްޖެނަމަ ގާނޫނީ ގޮތުން އަޅަންޖެހޭ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އުސޫލެއް ކަނޑައެޅިއްޖެ ކަމަށާއި އެއީ ބަލި ފެތުރުން ހުއްޓުވުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި އެ ނިންމުންވެސް ވަރަށް ސާފު ކަމަށާއި މުވައްޒަފުންނަށް ޑިއުޓީ ނިންމާ ހުރުމުގެ ކަންކަން އިންތިޒާމު ކުރެވިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން، އެގޮތަށް އަމަލު ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮރޯޏާ ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ 13 މީހުންގެ ތެރެއިން 9 މީހުން ނިސްބަތް ވަނީ އިޓަލީއަށެވެ. އަދި ތުރުކީ، ޖަރުމަން ވިލާތާއި ދެކުނު އެފްރިކާގެ އިތުރުން އިނގިރޭސި ވިލާތް މިއިން ކޮންމެ ގައުމަކަށް ވެސް ނިސްބަތްވާ އެކަކު ވަނީ ފެނިފައެވެ. ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި 7 އަންހެނުންނެވެ.

ވައިރަސް ފެތުރިޔަ ނުދިނުމަށްޓަކާ އަޅާ ފިޔަވަޅުތަކުގެ ދަށުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށް އިއުލާނުކޮށްފައެވެ.

އެޗުޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ވަނީ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ލިބޭ ބާރުތަކުން މުހިންމު ތިން ފިޔަވަޅެއް އަޅާފަ އެވެ. އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން މިހާރު ވަނީ އިތުރު ހަފްތާއަކަށް ފަސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: