ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ޖޯކަކަށް ހަދާވަރަށް ލާމަރުކަޒީ ޤާނޫނުގެ ސަކަރާތް ޖެހިއްޖެ: އާމިރު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ޖޯކަކަށް ހަދާ ވަރަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނައުމުގެ ސަކަރާތް ޖަހައިފި ކަމަށް ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިދާރީ ހިންގުމަށް ބައެއް ބަދަލުތައް ގެންނަ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނައިން ދެކެވުނު އެއް ވާހަކައަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ވާހަކަ ވާނެ ކަމަށެވެ.

އާމިރު ވިދާޅުވީ ޤާނޫނަކަށް ރައްޔިތުންގެ މަޖިލީހުން އެންމެ ގިނަ އިސްލާހުތައް ގެނެވުނު ގާނޫނަކަށްވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ވާނެ ކަމަށެވެ. އަދި އެކަން ރައްޔިތުންގެ ޖޯކަކަށް ހަދައިވި ކަމަށް އާމިރު ވިދާޅުވިއެވެ.

ސަރުކާރުން ލާމަރުކަޒީ ޤާނޫނަކީ އޮއްޓަރެއް ހުރި ޤާނޫނަކަށް ހަދަން ބޭނުންވާ ނަމަ ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުން ރަނގަޅު ކަމަށް އާމިރު ވިދާޅުވިއެވެ. އަދި އެކަން އެންމެ ރަނގަޅަށް ކުރެވިގެންދާނީ އޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ލާމަރުކަޒީ ޤާނޫނު ހަރުދާކުރުމުގެ ވިސްނުމާއި މަސައްކަތް ކުރި އެއްވެސް ސަރުކާރެއް އަދި ފެނިފައިނުވާ ކަމަށެވެ. އިޚްލތާސްތެރިކަމާއެކު ލާމަރުކަޒީ ގާނޫނުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުންވެސް ކުރެވިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނު ހަރުދަނާ ކުރުމުގެ ނަމުގައި ”އެސަކަރާތް“ އެކި ސަރުކާރުތަކުގައި ޖެހިއްޖެ ކަމަށާއި ލާމަރުކަޒީ ޤާނޫނަކީ ބޮޑު ކުޅިވަރަކަށް ނަހަދައި އެ މަސައްކަތް ނިންމަންޖެހޭ ކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ޤާނޫނާއި ގުޅުވައިގެން އެކި އިހުތިޞާސްތަކުގެ ވާހަކަ ދެކެވުނު ނަމަވެސް، ރައްޔިތުންނަށް އެކަމުގެ ފޮނި މީރުކަން ލިބޭގޮތަށް ޤާނޫނު ފަރުމާ ކުރެވެންޖެހޭ ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ރަނގަޅު ގޮތްތައް ގެނައުމުގެ ވިސްނުން ހުރިހާ މެންބަރުންގެވެސް އެބަ ހުރި ކަމަށާއި ނަމަވެސް ތަފާތަކީ ގެން ގުޅޭ ސިޔާސީ ވިސްނުމުގެ ތަފާތެއް ކަމަށް އާމިރު ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: