ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރަށް ދަތުރުކޮށްފައި އައި ހަތް ދިވެއްސެއްގެ ފަރާތުން އަލާމާތްތަކެއް: ގިނަ މީހުން އައި އިންޑިއާއިން!

ބޭރަށް ދަތުރުކޮށްފައި ހަތް ދިވެއްސެއްގެ ފަރާތުން އަލާމާތްތަކެއް: ގިނަ މީހުން އައި އިންޑިއާއިން!
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން އުފަންވެ ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ޝައްކުވާ އަލާމާތްތަކެއް ހުރެގެން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އައި ހަތް ދިވެއްސެއް އެކަހެރިކޮށްފިއެވެ.

ލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އެ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ތިން ދިވެއްސެއްގެ ފަރާތުން އެ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. އަދި އެ ތިން މީހުންވެސް ތިބީ ހޯމް އައިސޮލޭޝަންގައިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮރޯނާއާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ފުވައްމުލައް ކައިރީއޮތް އައިލެންޑް ސަފާރީގައި ތިއްބައި ކޮރޯނާއަށް ޕޮޒިޓިވްވި ދެ މީހުންނާ ކޮންޓެކްޓްވި މީހެއް މާލޭގައި ހުރި ކަމަށާއި އެމީހާގެ ޓެސްޓްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ވައިރަހުން އަރައިގަތުމަށްޓަކައި އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން، ކިރިޔާވެސް ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ފެންނަ މީހެއް ނަމަ ޓެސްޓުކުރަން ފަށާފައިވާ ކަަމަށެވެ. އެގޮތުން ބޭރު ގައުމުތަކަށް ދަތުރުކޮށްފައި އައި ހަތް ދިވެއްސަކު ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން، ޓެސްޓް ހެދުމަށް ސާމްޕަލް ނަގާފައިވާކަން ވެސް މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ ތެރެއިން ބައެއް ފަރާތްތައް އައި ގައުމުތައް ވެސް މަބްރޫކް ހިއްސާ ކުރެއްވިއިރު، ބައެއް ކޭސްތަކުގެ ވާހަކަ ސޯޝަލް މީޑިއާއަށް ވެސް ފެންމަތިވިއެވެ. އެ ގައުމުތަކުގެ ތަފްސީލު ދެއްވާ މަބްރޫކް ވިދާޅުވީ އަލާމާތްތަކެއް ފެނުނު ހަތް ދިވެހިންގެ ތެރެއިން ފަސް މީހަކު ރާއްޖެ އައިސްފައިވަނީ އިންޑިއާގައި ޗުއްޓީ ހޭދަކުރުމަށްފަހުގައި ކަމަށެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫއަށް ކޮޗިންއިން އައި ކުޑަކުއްޖަކާއި، ރ އަތޮޅު ފައިނުއަށް ކޮޗިންއިން އަދި ދ. ކުޑަހުވަދޫ އަދި އއ. އުކުޅަސްއަށް ޓްރެވިންޑްރަމްއިން އައި މީހެއްގެ އިތުރުން ވެރިރަށް މާލެއަށް ލަންކާ އަދި ބެންގަލޫރުން އައި މީހެއް ހިމެނެއެވެ. މީގެ އިތުރުން ޅ. ހިންވަރުން އަލާމާތްތަކެއް އާލާވެފައިވަނީ ލަންކާއިން އެބުރި އައި މީހެއްގެ ފަރާތުންނެވެ.

ރާއްޖޭގައި ކޮރޯޏާ ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ 13 މީހުންގެ ތެރެއިން 9 މީހުން ނިސްބަތް ވަނީ އިޓަލީއަށެވެ. އަދި ތުރުކީ، ޖަރުމަން ވިލާތާއި ދެކުނު އެފްރިކާގެ އިތުރުން އިނގިރޭސި ވިލާތް މިއިން ކޮންމެ ގައުމަކަށް ވެސް ނިސްބަތްވާ އެކަކު ވަނީ ފެނިފައެވެ. ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި 7 އަންހެނުންނެވެ.

ވައިރަސް ފެތުރިޔަ ނުދިނުމަށްޓަކާ އަޅާ ފިޔަވަޅުތަކުގެ ދަށުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށް އިއުލާނުކޮށްފައެވެ.

އެޗުޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ވަނީ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ލިބޭ ބާރުތަކުން މުހިންމު ތިން ފިޔަވަޅެއް އަޅާފަ އެވެ. އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން މިހާރު ވަނީ އިތުރު ހަފްތާއަކަށް ފަސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: