ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑައިރުއްސުރެ ވެސް ސަޕޯޓްކުރަނީ އާޖެންޓީނާއަށް، ތަށި ނަގަން ބޭނުންވަނީ އެ ޓީމު: ރައީސް ޑރ. މުއިއްޒު

ފޮޓޯ: ސަންގު/އޭއައި
ޝެއާރކޮށްލާ ކަހަލަދޯ؟

މިރޭ ފެށުމަށް ހަމަޖެހިފައިވާ ފޯރިގަދަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލުމަށް ބޭނުންފުޅުވަނީ އާޖެންޓީނާ ކަމަށާއި، އެމަނިކުފާނަކީ ކުޑައިރުއްސުރެ ވެސް އެ ޓީމުގެ ސަޕޯޓަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ވޯލްޑް ކަޕް ބޯޅަތަކެއްގައި ސޮއިކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު ރާފިއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ޒަމާނުން ފެށިގެން އާޖެންޓީނާގެ ޓީމުގެ ސަޕޯޓަރެއް ކަމަށެވެ.

”އަޅުގަނޑަކީ ކުޑައިރުއްސުރެ އާޖެންޓީނާގެ ސަޕޯޓަރެއް، ނަމަވެސް މުބާރާތުގެ ތަށި ލިބޭނެ ޓީމެއް ކަށަވަރުވާނީ މުބާރާތް ނިމުމުން،“ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ރާފިއު ވަނީ އޭނާ ސަޕޯޓް ކުރައްވަނީ ބްރެޒިލަށް ކަން ހާމަކުރައްވައިފައެވެ.

ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، އާޖެންޓީނާގެ އިތުރުން އިނގިރޭސިވިލާތަކީ ވެސް އެމަނިކުފާނު ވަރަށް ތާއީދުކުރައްވާ ޓީމެއް ކަމަށެވެ.

”އާޖެންޓީނާއަށް ނުލިބޭ ނަމަ، އިންގްލެންޑަށް ލިބުނީމަ ހުންނާނީ ރަނގަޅަށް،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިފަހަރުގެ މުބާރާތުގައި ނެދަލޭންޑްސްއިން ”ސަޕްރައިޒެއް“ ދީ ތަށި ނެގުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިފަހަރުގެ މުބާރާތުގެ މެޗުތައް ކުޅޭ ގަޑިތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މެޗުތައް ހުރީ ދަންވަރާއި ފަތިހު އަދި ހެނދުނުގެ ވަގުތުތަކުގައި ކަމަށްވާތީ، މަސައްކަތްތައް ހުންނަ ގޮތުން ހުރިހާ މެޗެއް ބެއްލެވުމަށް ދަތިވާނެ ކަމަށެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ރާއްޖޭގެ ރައްޔިތުންނަށް ވޯލްޑް ކަޕް ބެލޭނެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖެހިފައި ހުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: