ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަށް ނުކުތީ، ނުހަނު އިހުތިރާމް ކުރާ، އެދުރަކާ ވާދަކުރާކަށް ނޫން: މީކާއީލް

މީކާއީލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ނުކުތީ، ނުހަނު އިހުތިރާމް ކުރާ، އެދުރަކާ ވާދަކުރަން ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓް އަަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް މިހެން ވިދާޅުވީ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އޭނާގެ ’އިތުބާރު‘ ކެމްޕެއިން ނިންމާލުމަށް ބުދަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މީކާއީލް ވިދާޅުވީ އޭނާ މީގެ އެތައް މަހެއް ކުރިން ޗެއާޕާސަންގެ މަގާމަށް ކެންޑިޑެސީ އިއުލާނު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވާކަށް ނޫން ކަމަށެވެ.

 ”އަޅުގަނޑު މީގެ އެތައް މަހެއް ކުރިން މި އިންތިހާބަށް ނުކުތީ، އަޅުގަނޑު ނުހަނު އިހުތިރާމް ކުރާ، އަޅުގަނޑުގެ އެދުރަކާ ވާދަކުރާކަށް ނޫން. އެހެން ނަމަވެސް ބައެއް ބޭފުޅުންގެ ވިސްނުމަށް އައި ކުއްލި ބޮޑު ބަދަލަކުން އަޅުގަނޑަށް މި އިންތިހާބުގައި ވާދަ ކުރަން މި ޖެހެނީ ރާއްޖޭގެ ކުރީގެ ރައީސަކާ،“ މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ ނަޝީދާ މި އިންތިހާބުގައި ވާދަކުރައްވަން ޖެހުން ސިފަ ކުރެވެނީ އެމްޑީޕީގައި ޒުވާނުންނަށް ކުރިމަގު ހޯދުމަށް ކުރަން ޖެހިފައި އޮތް މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާގެ ޗެއާޕާސަންކަމުގައި ޕާޓީގެ އެންމެ އިސް މަގާމުތަކަށް ވާސިލުވުމުގެ ޖާގަ ޒުވާނުންނަށް ހުޅުވާލަދޭނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. ޒުވާނުންގެ ހައްގު މިންވަރަކީ ހަމައެކަނި ސޯޝަލް މީޑިއާގައި ޕޯސްޓު ޖެހުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީކާއީލްގެ ވާހަކައިގައި 2023ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބައިބައިވެގެންދިޔަ ހިތްދަތި ތާރީހު އިއާދަވާން ބޭނުން ނުވާކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ވަކި ކޮޅެއް ނަގައިގެން ޕާޓީގެ އެއްބައިވަންތަކަން ނުހިފެހެއްޓޭނެ ކަމަށާއި، އޭނާގެ ޗެއާޕާސަން ކަމުގައި ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އޮތް ކޮންމެ ބޭފުޅަކަށް ހަމަހަމަ ފުރުސަތު އޮންނާނެ ކަމަށެވެ.

 ”އަޅުގަނޑުމެން އަނެއްކާ މި ޕާޓީ ރޫޅާލާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން އަނެއްކާވެސް ވަކިވެގަންނާކަށް ބޭނުމެއް ނޫން،“ މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވަނީ އޭނާއަށް ތާއީދުކުރާ މެންބަރުންނާއި ނުކުރާ މެންބަރުންނަށްވެސް ޕާޓީގެ ކުރީ ސަފުން ޖާގަ އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ފަހު މީހާއާ ޖެހެންދެންވެސް ޕާޓީގައި ދެމި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: