ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ވޯޓުލާ ގަޑި 9:00 އަށް އިތުރުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލުން ކުރިއަށް ދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލާ ގަޑި 9:00 އަށް އިތުރުކޮށްފިއެވެ.

އެމްޑީޕީން މީގެ އިރުކޮޅެއް ކުރިން ބުނީ، މޫސުން ގޯސްވެ، ދަތިތަކެއް ދިމާވެ ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިޔުން ލަސްވުމާ ގުޅިގެން ވޯޓުލާ ގަޑި މިރޭ 9:00އަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ވޯޓުލެވޭ ގަޑިއަކަށް ކަަނޑައެޅީ 8:00 އެވެ. އޭގެ ފަހުން 8:30 އަށް ވެސް އިތުރުކުރިއެވެ. މިއަދު އިންތިހާބުގައި ވޯޓުލުން މުޅި ރާއްޖޭގައި ފެށުނީ 2:30ގައެވެ.

މި އިންތިހާބުގައި 241 ވޯޓު ފޮއްޓަކަށް ވޯޓުލާނެއެވެ. އޭގެ ތެރޭގައި މާލޭގެ 10 ސްކޫލެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ވެސް ހިމެނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މި އިންތިހާބުގައި ވޯޓުލާން ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ އިތުރުން ސްރީލަންކާގައި ވެސް ވަނީ ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މެމްބަރުންގެ އަދަދަކީ 48،912 އެވެ. މިއަދު މާލެއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުނު ނަމަވެސް، ޕާޓީގެ މެމްބަރުން ދަނީ ވޯޓުލާން ނުކުންނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: