ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޔާވި ފުލުސް މީހާގެ ހަށިގަނޑު ހޯދުމުގައި އެހީތެރިވި ދެ ޑައިވަރުންނަށް ހޯމް މިނިސްޓަރާއި ސީޕީގެ ޝުކުރު

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް ކަނޑަށް ވެއްޓި ގެއްލުނު ފުލުސް މީހާ ހޯދުމަށް ހިންގި އޮޕަރޭޝަނުގައި، އަމިއްލައަށް އިސްނަގައިގެން އޭނާގެ ހަށިގަނޑު މޫދު އަޑިން ނެގުމުގައި އެހީތެރިވި ދެ ޑައިވަރުންނަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ޝުކުރު އަދާކުރައްވައިފިއެވެ.

ބުދަ ދުވަހުގެ ރޭ ފަތިހު ފުލުހުންގެ ’ލޯންޗު 57‘ ގައި ރަސްމީ ޑިއުޓީގައި އުޅެނިކޮށް ކަނޑަށް ވެއްޓި ގެއްލުނު އޮފިސަރު ހޯދުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކޮށްފައިވަނީ ކ. ގާފަރު، ބްލޫ ހެވަން، އަހްމަދު ފައިސަލް އާއި އއ. އުކުޅަސް، މީރާޒް، ސައްދާމު އަހްމަދެވެ.

މި ހާދިސާ ހިނގާފައިވަނީ ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ގެއްލުނު ފުލުސް މީހާ ހޯދުމަށް އެމް.އެން.ޑީ.އެފް އާއި ފުލުހުން ގުޅިގެން ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ. ނަމަވެސް، މޫދު އަޑިން އޭނާގެ ހަށިގަނޑު ފެނި، އެ ހަށިގަނޑު ނެގުމުގައި ފައިސަލް އާއި ސައްދާމް ދެއްވި އެހީތެރިކަން މިނިސްޓަރާއި ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، ގައުމީ މިފަދަ ހިތާމަވެރި ވަގުތެއްގައި އެ ދެ ޒުވާނުން ދެއްކެވި ހިތްވަރާއި، އަމިއްލަ އިސްނެގުމަކީ ފާހަގަކުރަންޖެހޭ ފަދަ ނަމޫނާ މަސައްކަތެއް ކަމަށެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސްވެސް ވަނީ އެ ދެ ޑައިވަރުންގެ ހިދުމަތް ބަލައިގަނެ، ފުލުހުންގެ މުއައްސަސާގެ ފަރާތުން އިހްލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ.

މި ހާދިސާއާ ގުޅިގެން މުޅި ފުލުހުންގެ މުއައްސަސާއަށް ބޮޑު ހިތާމައެއް ކުރިމަތިވެފައިވާއިރު، ނިޔާވި ފުލުސް އޮފިސަރުގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސް ރަސްމީ އިއްޒަތުގައި ވަޅުލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: