ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ގޮވާލެއްވީ ޕޭޕަލްގެ ހިދުމަތުން ލިބިގެންދާ ލުއިތަކާއެކު އޭގެ ފައިދާ ފުރިހަމައަށް ނެގުމަށް!

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޭޕަލްގެ ހިދުމަތް ތައާރަފުވެ ބައިނަލްއަގުވާމީ މާކެޓަށް ވަނުމަށް ލިބިގެންދިޔަ ލުއިތަކާއެކު އޭގެ ފައިދާ ނެގުމަށް ރާއްޖޭގެ އުފެއްދުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރާއްޖެއަށް ޕޭޕަލް ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ކްރިއޭޓަރުންނާއި އިނޮވޭޓަރުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހުނަރުތައް ބައިނަލްއަގުވާމީ މާކެޓާ ހިއްސާކޮށް އޭގެން މަންފާ ލިބޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެހިފައި ނެތުން ކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމަކަށް ވާތީ އެފަދަ ފުރުސަތުތައް ފަހިކޮށްދެވެން ނެތް ކަމަށް ޒަމާންތަކެއް ވަންދެން ބުނަމުން އައި ނަމަވެސް އެމަނިކުފާނު އެކަން ގަބޫލުކުރައްވަން ބޭނުންފުޅުނުވި ކަމަށާއި ރާއްޖެއަށް ޕޭޕަލް ފަދަ ހިދުމަތްތައް ގެނައުމުގެ މަސައްކަތް ފެއްޓެވީ އެ ފުރުސަތުތައް ފަހިކޮށްދެއްވަން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި އަހަރަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާއިރު ސަރުކާރުން ބޭނުންވަނީ ކޮންމެ ރައްޔިތަކު ވެސް ޕޭޕަލް ކަހަލަ ބައިނަލްއަގުވާމީ ނެޓްވޯކްތަކުގެ ބޭނުން ހިފައި ދިވެހީންގެ އަމިއްލަ އުފެއްދުންތައް ބައިނަލްއަގުވާމީ ބްރޭންޑްތަކަށް ބަދަލުކުރުމަށް ކަމަށެވެ. ބޭނުންވަނީ ދިވެހީން ދެކޭ މުސްތަގުބަލަކީ ދިވެހިންގެ އުފެއްދުންތައް ސީދާ ދުނިޔޭގެ ބާޒާރަށް ވިއްކޭނެ މުސްތަގުބަލަކަށް ވުން ކަމަށް ރައީސް ވިދާޅުވިއެވެ.

”އުތުރުގައި ކުރާ ފުރިހަމަ ލާޖެހުމުގެ މަސައްކަތް ކަމުގައި ވިޔަސް، ދެކުނުގައި ހައްދާ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުފެއްދުންތައް ކަމުގައި ވިޔަސް، އައްޑޫގައި މަސައްކަތްކުރާ ޑިޒައިނަރަކު ނުވަތަ މާލޭގައި ހުރި ޑިޖިޓަލް އީޖާދުވެރިއަކު ކަމުގައި ވިޔަސް، ދިވެހި މޮޅު އުފެއްދުންތެރިކަން ބައިނަލްއަގުވާމީ ބާޒާރަށް ފަސޭހަކަމާ އެކު ވަންނަން ޖެހޭނެއޭ،“

2030 ވަނަ އަހަރާ ހަމައަށް ޑިޖިޓަލް އިކޮނޮމީން ރާއްޖޭގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ އަދަދު މަދުވެގެން 15 އިންސައްތައަށް އިތުރުކުރުމަކީ ތަސައްވުރެއް ކަމަށާއި ގޫގަލްއާއެކު ދިވަރު އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ގެނައުމުގެ މަސައްކަތް ފަށާފައިވަނީ އެ ތަސައްވުރާ އެއްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލް ވަސީލަތްތަކާ އެއްވަރަށް ފިޒިކަލް ސްޕޭސްތައްވެސް ތަރައްގީކުރައްވަމުންދާ ކަމަށެވެ. އެގޮތުން ކްރިއޭޓަރ ހަބްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި މިއަހަރުގެ ނޮވެނެބަރު 11ގައި އެތަން ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ. މި ކްރިއޭޓާ ހަބް ތަރައްގީކުރަނީ އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ ސްޓޫޑިއޯތަކާއި ކޯ ވޯކިން ސްޕޭސްތަކާއެކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: