ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒަކީ ރައްޔިތުންގެ އިތުބާރު މުއައްސަސާތަކަށް ނަގާލުމުގައި މެދުވެރިވި އެންމެ ވަރުގަދަ ވަސީލަތް: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަންގުޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ އިތުބާރު މުއައްސަސާތަކަށް ނަގާލުމުގައި މެދުވެރިވި އެންމެ ވަރުގަދަ ވަސީލަތް ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ, އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައެވެ. މަރުގެ ހުކުމް ތަންފީޒުކުރުމަކީ މި ސަރުކަރުން ވަރަށް މުހިންމު އިސްކަމެއްދެއްވާނެ ސިޔާސަތެއް ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާނު ވިދާޅުވި ނަމަވެސް މިއަދާ ހަމައަށްއައި އިރުވެސް އެކަން ކުރައްވާފައިނުވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެކަމުން ވެސް އިނގެނީ މިއަދު ވަޒީރުގެ އިތުބާރު ރައްޔިތުންގެ ކުރިމަތިގައި ގެއްލިފައިވާކަން ކަމުގައެވެ.

އެގޮތުން, ރައީސް ޔާމީން ވަނީ ދެ އަހަރު ދުވަސް ފާއިތުވެގެން ދިޔައިރުވެސް މާލޭގައި ބެލްކަންޏަކުން ވެއްޓި ނިޔާވި ވިފާގުގެ މަރުގައި ޝައްކު ކުރެވޭ އެތައް ކަމެއް ހުރިއިރު ތަހުގީގެއް ހިންގާލަން ވަޒީރު އިހުސާނަށް ކެރިވަޑައިނުގެންނެވި ކަމަށާއި ބޮޑެތި ކަންކަމުގައި ފިޔަވަޅު އަޅަން ވަޒީރަށް ކެރިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

”ތަހުޤީގަކާއި ހަމައަށް ނުގޮސް މަރުގެ ހުކުން ތަންފީޒުކުރާ ވާހަކަ ދެއްކީމަ ދެން ކާކުތޯ އެކަން ޤަބޫލުކުރާނީ؟ ކޮންކަމެއްތޯ ކުރެވޭނީ؟ ތަހުޤީގު އެބަކުރަންޖެހޭ. އެއީ ޖިނާއީ ތަހުޤީގެއް. ޖިނާއީ ތަހުޤީގެއް ކުރީމަ ދެއްތޯ އިނގޭނީ ވިފާގަށް މިވީ ކިހިނެއްކަން؟ ވިފާގުގެ މަރުގެ ހާދިސާއަށްވެސް ދެއަހަރުވެގެން ދިޔައިރު އެއްވެސް މީހެއް ނެތޭ ޕޮލިހަށް ހާޒިރުކޮށް ޖިނާއީ ތަހުޤީގެއްކޮށް ސުވާލެއްވެސް އަހާލާފަ“ ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ވެރިންގެ އިތުބާރާއި އަދި ހޯމް މިނިސްޓްރީގެ އަގުވެސް އެފަދަ ކަންކަމާ ހުރެ ރައްޔިތުން ކުރިމަތީ ގެއްލިފައިވާ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިހުތިރާމާއި އިތުބާރު ހޯދަންޖެހޭ މުއައްސަސާތަކެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ފުލުހުން ޣާފިލުވެ ނިދާފައި ނުތިބެ ފުލުހުންގެ ޒިންމާ އަދާކުރުމަށް ގޮވާލައްވާފައެވެ.

ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދަން މަސައްކަތް ކުރަން ޖެހޭކަމަށާއި އެ އިތުބާރެއް ރައީސް ޑރ. މުއިއްޒުއަށް ނުހޯއްދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒަކީ އެ އިތުބާރު ގެއްލުމުގައި މެދުވެރިވި އެންމެ ވަރުގަދަ ވަސީލަތް ކަމަށް ވިދާޅުވިއެވެ.

”މުޅި ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާތަކެއްގެ އިތުބާރު ހޯދަން ހަމަ ވަރުގަދަ މަސައްކަތްތަކެއް ކުރަން މި ޖެހެނީ. އެ މަސައްކަތްތަކެއް މުއިއްޒަކަށް ނުކުރެވޭނެ. އެއީ މުއިއްޒަކީ ރައްޔިތުންގެ އިތުބާރު މުއައްސަސާތަކަށް ނަގާލުމުގައި މެދުވެރިވި އެންމެ ވަރުގަދަ ވަސީލަތް،“ ޔާމީން ވިދާޅުވިއެވެ.

މީހުންގެ މަރުގެ ވާހަކައަކީ ސީރިއަސް ކަމެއްގެ ގޮތުގައި ދެކި އެފަދަ ކަންކަން ތަހުޤީގު ކުރެވެންޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަރުގެ ކިތަންމެ މައްސަލައެއްގައި ތަހުޤީގުތަކެއް ފެށިފައިވީނަމަވެސް އެކަން ބަލައި ނިންމަން މި ސަރުކާރުން ނޫޅެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަހަލަ ކަންކަމުން ދޭހަވަނީ މި ސަރުކާރުގެ މުއައްވަސާތަކާއި ހަވާލުވެ ތިއްބެވި ބޭފުޅުންގެ އެއްވެސް ކެރުންތެރިކަމެއް ނެތްކަން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: