ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މެއި މަހު އިމްޕޯޓު ކުރި މުދަލުގެ އަގު 5.5 ބިލިއަން ރުފިޔާއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ މެއި މަހު ރާއްޖެއަށް އިމްޕޯޓުކޮށްފައިވާ މުދަލުގެ އަގު 5.5 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މިދޔަ މަހު އިމްޕޯޓު އަދި އެކްސްޕޯޓުން ދައުލަތަށް ވަނީ 322 މިލިއަން ރުފިޔާ ލިބިފައެވެ. ތަފާސްހިސާބަށް ބަލާއިރު 5.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައިވާއިރު، 98 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ.

ރާއްޖެއަށް އިމްޕޯޓުކޮށްފައިވާ މުދަލުގެ ތެރެއިން އެންމެ ގިނައިން އިމްޕޯޓުކޮށްފައިވަނީ ތެލާއި ގޭހުގެ ބާވަތްތަކެވެ. އެއީ 1.4 ބިލިއަން ރުފިޔާގެ މުދަލެވެ. މީގެ އިތުރުން، 948 މިލިއަން ރުފިޔާގެ ކާބޯތަކެއްޗާއި، އަދި 916 މިލިއަން ރުފިޔާގެ މެޝިނަރީގެ އެކި މުދާ ވަނީ ރާއްޖެއަށް ގެނެސްފައެވެ. މިއީ މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވާ މުދަލުގެ އަގެވެ.

ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ލިބުނު ފައިސާގެ އަދަދު މިދިޔަ މަހު ވަނީ ޖުމްލަ 83 މިލިއަނަށް އަރާފައެވެ. ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސި ވިލާތާއި، ތައިލެންޑަށެވެ. އެއީ ޖުމްލަ 71 މިލިއަން ރުފިޔާގެ މުދަލެވެ.

މީގެ އިތުރުން ރާއްޖެއަށް އިމްޕޯޓު ކުރާ މުދާ އެންމެ ގިނައިން ގެނެސްފައިވާ ގައުމުތަކަކީ އޮމާން، ޗައިނާ އަދި އިންޑިއާއެވެ. އެ ގައުމުތަކުން ޖުމްލަ 2.65 ބިލިއަން ރުފިޔާގެ މުދާ ގެނެސްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: