ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިން ބޭނުންކޮށްގެން ޑްރަގް ވިއްކި ކަމަށް ބުނާ އެކަކު ދޫކޮށްލައި، އަނެއް މީހާ ޝަރީއަތް ނިމެންދެން ބަންދަށް!

ކުޑަކުދިން ލައްވައި ޑްރަގް ވިއްކުވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ބަންދުން ދޫކޮށްލައި އަނެއް މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އަމާޒުކޮށް، ވިލިނގިލީ ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މެއި 28 ވަނަ ދުވަހު ހައްޔަރުކުރީ ގއ. ވިލިނގިލި، އެތެންސް، އުމުރުން 25 އަހަރުގެ މުހައްމަދު އަތޫފް ހަބީބް، އާއި އެ ރަށު ދެތަނޑިމާގެ، އުމުރުން 20 އަހަރުގެ މުހައްމަދު ރާއިފް ހުސައިނެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މީހުންގެ ތެރެއިން އަތޫފްގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވާތީ މި މަހުގެ 12 ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެ މައްސަލައިގައި ދެން ތުހުމަތުކުރެވޭ ރާއިފްގެ ބަންދަށް ދިން 10 ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ދެ މީހުން ހައްޔަރުކުރި އޮޕަރޭޝަނުގައި ގއ. ވިލިނގިލީގެ ހަތަރު ގެއެއް ބަލައި ފާސްކޮށް، ޖުމްލަ 67 ގުރާމްގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގެންފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ 54 ގުރާމްގެ ބްރައުން ޝުގާ އާއި 13 ގުރާމުގެ މެތަމްފެޓަމައިންއެވެ.

އެ އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުގެ ތެރެއިން، ޑްރަގް ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓް ކުރެވޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އެ މީހުން އެކަމުން ދުރަށް ގެންދެވޭނެ ގޮތްތައް ހޯދުމުގެ މަގުސަދުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ކުށްތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: