ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީ ޓެކްސީ ލައިން ވިލިމާލެއަށް!

ފޮޓޯ: އެމް.ޓީ.ސީ.ސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ފަށާފައިވާ ”މާލެ ޓެކްސީ“ ލައިނުގެ ހިދުމަތް ވިލިމާލޭގައި ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި ހިދުމަތް ވިލިމާލޭގައި ފެށުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ބައްލަވާލެއްވުމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ އާއި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލް ވަނީ ވިލިމާލެއަށް ވަޑައިގެން، އަމަލީ މަސައްކަތްތައް ކުރިއަށްދާތަން ބައްލަވާލައްވާފައިވެއެވެ.

 

މި ޒިޔާރަތުގައި ހިދުމަތް ފެށުމަށް ބޭނުންވާ އިންތިޒާމުތަކާއި، ވިލިމާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެމްޓީސީސީން ”މާލެ ޓެކްސީ“ގެ ނަމުގައި މި ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. ހިދުމަތް ތައާރަފުކުރި ފުރަތަމަ ދުވަސްކޮޅު ރައްޔިތުންނަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދިނުމަށްފަހު، ދަތުރުތަކަށް އަގު ނަގަން ފަށާފައިވަނީ ފެބްރުއަރީ 18 ވަނަ ދުވަހުން ފެށިގެންނެވެ.

މިހާރުވެސް މާލެ އާއި ހުޅުމާލޭގައި 24 ގަޑިއިރު ދެމުންދާ މި ހިދުމަތުގައި ޖުމްލަ 150 ކާރު ބޭނުންކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެމްޓީސީސީން ވަނީ ހާއްސަ މޯބައިލް އެޕްލިކޭޝަނެއްވެސް ތައާރަފުކޮށްފައެވެ.

މީގެ އިތުރުން، އެމްޓީސީސީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އޭގައިވާ ކިއުއާރު ކޯޑު ބޭނުންކޮށްގެން ދަތުރުތަކަށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ބާރުއެޅުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މާލެ ޓެކްސީ ލައިނުގެ ހިދުމަތާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، މަގުމަތިން އަތް ނަގައިގެން މި ޓެކްސީތައް މަޑުނުކުރާނެ ކަމަށެވެ. އެހެންކަމުން، ވިލިމާލޭގައި މި ހިދުމަތް ފެށުމުން ވެސް ޓެކްސީ ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ބުކިން ހަދަންޖެހޭނެއެވެ.

މި ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު އެއް ވިއުގައަކުން ގުޅާލުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ވިލިމާލޭގައި މި ހިދުމަތް ފެށުމާއެކު، އެ ރަށުގެ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: