ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓަލީގެ ޑައިވަރުންގެ ހަށިގަނޑުތައް ނަގަން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ އަގުވަޒަންކޮށްފި

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާރވިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އަތޮޅުގައި ކޭވް ޑައިވްކުރުމުގެ ތެރޭގައި މަރުވި އިޓަލީގެ ފަތުރުވެރިންގެ ހަށިގަނޑުތައް ނެގުމުމަށް ކުރިއަށްގެންދިޔަ ހާއްސަ ޑައިވިން އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ވަޒަންކޮށްފިއެވެ.

މި އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާންއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދެވެ.

ބަންޑާރަކޮށީގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ފުލުހުންނާއި، ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި، ވ. އަތޮޅުގެ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިން ދެއްކެވި ސާބިތުކަމާއި، ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި އެކަމުގެ އަގުވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކުރެވުނެވެ.

މެއި މަހުގެ 14 ވަނަ ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯންގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް، ރިސާޗަރ މުރިއެލް އޮޑެނީނޯ، ރިސާޗް އެސިސްޓަންޓް ފެޑެރިކޯ ގުއަލްޓިއޭރީ އަދި ޑައިވިންގ އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީއެވެ. މި ހަތަރު މީހުންގެ އިތުރުން، އެމީހުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަންގެ ތެރޭގައި އެމްއެންޑީއެފްގެ ކޯސްޓްގާޑް ޑައިވަރެއް ކަމަށްވާ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ވެސް ވަނީ ނިޔާވެފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި، މަހުދީ ނިޔާވީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރެއިން ޑައިވް ކުރަނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވި މަހުދީއަށް ވަނީ މަގާމުގެ ކުރިއެރުން ވެސް ދީފައެވެ.

އެ ހާދިސާގައި މަރުވި މީހުން ހޯދުމަށް ދިވެހި ސިފައިންނާއި ފުލުހުން ހިންގި އޮޕަރޭޝަނުގައި އެހީތެރިވުމަށް ’ޑޭން ޔޫރަޕް‘ ޖަމިއްޔާއަށް ނިސްބަތްވާ ފިންލެންޑުގެ ތިން ތަޖުރިބާކާރަކު ރާއްޖެ އައިސް، އެ ހޮހަޅައިގެ ތިންވަނަ ޗެމްބަރުގެ ތެރެއިން، ގާތްގަނޑަކަށް 200 ފޫޓު އަޑިން އެތަނުގައި ތާށިވެފައި ތިބި ޑައިވަރުން ވަނީ ނަގާފައެވެ. އެ މީހުން މަރުވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ފެނުގެ އަޑީގައި ނޭވާ ހާސްވުން ނުވަތަ ގެނބުން ކަމަށް  މާހިރުން ވަނީ ލަފާކޮށްފައެވެ. އެ ހާދިސާ ހިނގާފައިވަނީ ގާތްގަނޑަކަށް 165 ފޫޓު ފުން ހޮހަޅައެއްގެ ތެރޭގައި ކަމަށްވާއިރު، މަރުވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ ތިންވަނަ ބައިގެ ދޮރުމަތިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: