ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކު ސިޓީ އެއަރޕޯޓްގައި ބީއެމްއެލްގެ އޭޓީއެމެއް ބަހައްޓައިފި

ފުވައްމުލަކު ސިޓީ އެއަރޕޯޓްގައި އޭޓީއެމެއް ބެހެއްޓުން --
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކު ސިޓީ އެއަރޕޯޓްގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމެއް ބަހައްޓައި، އެ ސިޓީގެ ރައްޔިތުންނާއި ދަތުރުވެރިންނަށް ޚިދުމަތް ދޭން ފަށައިފިއެވެ.

ދިވެހި ޤައުމީ ބެންކުން ހާމަކުރި ގޮތުގައި، ފުވައްމުލަކު ސިޓީ އެއަރޕޯޓްގައި މި އޭޓީއެމް ބެހެއްޓީ ބެންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.

މި އޭޓީއެމާއެކު ފުވައްމުލަކު ސިޓީގައި ބީއެމްއެލްގެ އޭޓީއެމްތަކުގެ އަދަދު މިވަނީ ހަތަރަކަށް އިތުރުވެފައެވެ. މިހާރު އެ ސިޓީގައި ބީއެމްއެލްގެ ދިވެހި ރުފިޔާގެ ތިން އޭޓީއެމް އަދި ޑޮލަރު އޭޓީއެމެއްގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ބީއެމްއެލް އިން ދަނީ ޤައުމީ ބެންކުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ބާރުމިނެއްގައި ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ދެމުންދާއިރު، ރާއްޖޭގެ 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ދެމުންދާކަން އެ ބެންކުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: