ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ވަޒީފާ ބުރާސްފަތި“ އިހުތިޖާޖަށް ހުރަސްނާޅާނެކަމުގެ ޔަގީންކަން ފުލުހުން ދިން: އެމްޑީޕީ

ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ”ވަޒީފާ ބުރާސްފަތި“ އިހުތިޖާޖަށް ފުލުހުން ހުރަސްނާޅާނެ ކަމަށާއި، އަމާންކަމާއެކު އެ ހަރަކާތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން މިއަދު ފުލުހުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ، ފުލުހުންނާއެކު މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އިހުތިޖާޖު ކުރިއަށްދާނެ މަގުތަކާއި، ހަރަކާތް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އިންތިޒާމުތަކާ ބެހޭގޮތުން ކަމަށެވެ.

އަމީން ފައިސަލް ވިދާޅުވި ގޮތުގައި، ޕާޓީން އެދުނު މަގުތަކުގައި ހިނގާލުން ކުރިއަށް ގެންދިއުމުގެ ހުއްދަ ފުލުހުން ވަނީ ދީފައެވެ. އޭގެ ތެރޭގައި އަމީނީ މަގުވެސް ހިމެނޭއިރު، މަގުތައް ބަންދުކުރުމާއި، ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުންގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ވެސް ދިންކަން އޭނާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން މަގުތަކާ ގުޅޭގޮތުން ވަރަށް ސާފުކޮށް މަޝްވަރާކުރިން. ފުލުހުން ވަނީ އަޅުގަނޑުމެން އެދުނު މަގުތަކަށް އެއްބަސްވެފައި. އަދި ޓްރެފިކް ކަންކަމާއި މަގުތައް ބަންދުކުރުމުގައި އެހީތެރިކަން ދޭނެ ކަމަށް ބުނެފައިވޭ،“ އަމީން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިހުތިޖާޖު ހުއްޓުވުމަށް ނުވަތަ އެކަމަށް ހުރަސް އެޅުމަށް ފުލުހުން އެއްވެސް މަސައްކަތެއް ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާ ކަމަށެވެ. މީގެ ކުރިން ބައެއް ހަރަކާތްތަކުގައި ފުލުހުން ފުރުސަތު ދޭނެ ކަމަށް ބުނެފައި ފަހު ވަގުތު ހުރަސްއަޅާފައިވާކަން ނޫސްވެރިއަކު ފާހަގަކުރުމުން، އޭނާ ވިދާޅުވީ މިރޭ އެފަދަ ހާލަތެއް މެދުވެރިވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ”ގްރީން ޒޯން“ ނުވަތަ މަނާ ސަރަހައްދުތަކަށް ވަނުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، ކުރިއަށްދާނީ އެއްބަސްވެފައިވާ މަގުތަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތުގެ ބޭނުމަކީ ސަރުކާރުގެ ހިއްސާވާ އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، އެމްޑީޕީގެ ޗެއާޕާސަންގެ ކެމްޕޭނުގައި ހަރަކާތްތެރިވި ފަރާތްތަކަށް އަމާޒުކޮށް ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑް ކުރަމުންދިޔުމާއި ގުޅިގެން އަޑު އުފުލުން ކަމަށް އެމްޑީޕީއިން ހާމަކޮށްފައިވެއެވެ. މިރޭ 8:30 ގައި ރަސްފަންނު ސަރަހައްދުން ފަށާ މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުގައެވެ. މިއީ ސުލްހަވެރި ހަރަކާތެއްކަން ފާހަގަކޮށް، ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް އެމްޑީޕީން ވަނީ ދައުވަތު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: