ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ބިކަކުރުމުން ލޯތްބެއް ނުލިބޭނެ، ސަރުކާރު އެދަނީ ބޮނދު ބުޑަށް ސައިވަމުން: ޝާހިދު

އެމްޑީޕީގެ ޖޮބް ބުރާސްފަތި އެއްވުމުގައި އެމްޑީޕީގެ ލީޑަރުން -- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި، ބިރުދެއްކުމުން ސަރުކާރަށް ރައްޔިތުންގެ ރުހުން ނުލިބޭނެކަމަށާއި ސަރުކާރު ދާނީ ބޮނދު ބުޑަށް ސައިވަމުން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި އެމްޑީޕީން ބޭއްވި ”ވަޒީފާ ބުރާސްފަތި“ އިހުތިޖާޖު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރުން ދަނީ ރައްޔިތުން ބިކަކުރަމުންކަމަށާއި ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެގެން މި ސަރުކާރަކަށް ކުރިއަކަށް ނުދެވޭނެކަމަށެވެ.

ދާދިފަހުން އެމްޑީޕީން ބޭއްވި ޗެއާރޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރުމާ ގުޅިގެން، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ފިޔަވަޅު އަޅަމުންދާތަން ސާފުކޮށް ފެންނަން އޮތްކަމަށް ބުނެ ޝާހިދު ވިދާޅުވީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން އެތައް ބަޔަކު ސަސްޕެންޑްކޮށް، ވަޒީފާއިން ވަކިކޮށް، ނުވަތަ އެހެން ތަންތަނަށް ބަދަލުކުރިކުރަމުންދާ ދިޔުމަކީ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތުމުން ގޮތްހުސްވެގެން ކުރަމުންދާ ކަންކަން ކަމަށެވެ.

ސަރުކާރުގެ އަމަލުތަކަށް އިޝާރާތް ކުރައްވަމުން ޝާހިދު ވިދާޅުވީ، ސަރުކާރުން ކަންކަން ކުރަމުންދަނީ ”ބޮނޑު ބުޑަށް ސައިވަމުން“ ދާ އުސޫލުން ކަމަށެވެ. އަދި ސަރުކާރުން ކުރާ ކަންކަމުގެ ސަބަބުން އެންމެ ފަހުން ސިޔާސީ ގޮތުން ސަރުކާރު ނިމުމަކަށް އަންނާނެ ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، ރޭގެ އެއްވުމަށް މީހުން ޖަމާވުމަކީ ބިރުދެއްކުމުގެ ކުރިމަތީގައި ދިވެހީން ހަނު ނުތިބޭނެކަމުގެ ހެއްކެއް ކަމަށެވެ.

”މި އެއްވުމަކީ އިންސާފަށް ގޮވާލާ އެއްވުމެއް. މިއީ އަނިޔާ ލިބެމުންދާ ފަރާތްތަކުގެ ހައްގުގައި އަޑުއުފުލުން، މި ސަރުކާރު މިދަނީ ހަމަ ބޮޑުތަނުން ބޮނދު ބުޑަށް ސައިވަމުން،“ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މިއަދުގެ މި އެއްވުމުން ސާފުވަނީ މީހުންގެ އާމްދަނީއަށް ބިރުދައްކައިގެން، ވަޒީފާގެ މެދުވެރިކޮށް މީހުން އަޅުވެތި ނުކުރެވޭނެކަން ކަމަށެވެ. އަދި ބިރުދެއްކުމުން ދިވެހީން ފަހަތަކަށް ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކަކީ ސަރުކާރަށް ގޮންޖަހައި، ރައްޔިތުންނަށް ކުރާ ބޭއިންސާފު ކަންކަމާ ދެކޮޅަށް ތެދުވުމަށް ތައްޔާރަށް ތިބި ބައެއް ކަމަށެވެ.

ވަޒީފާއިން ވަކިކުރާ ކޮންމެ މީހަކާއި، ސަސްޕެންޑްކުރާ ކޮންމެ މީހަކީ މުޅި އާއިލާއަކާ ގުޅިފައިވާ މީހެއް ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ސަރުކާރާ މެދު އޮތް ނުރުހުން އިތުރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”ވަޒީފާ އަތުލައިގަންނަ ކޮންމެ އާއިލާއަކުންނާއި، ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ ފަރާތުން އުފެދިގެން އެދަނީ މި ސަރުކާރާ ދެކޮޅު އާއިލާއެއް،“ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، އާއިލާތައް މިފަދަ ހާލަތަކަށް ވައްޓާލުމުން ސަރުކާރަށް ލިބޭނެ ލޯތްބެއް ނޯންނާނެ ކަމަށާއި، ރައްޔިތުންގެ އިހުސާސްތައް ދައްކައިދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އަނިޔާ ލިބުނު މުވައްޒަފުންގެ ހައްގުގައި އެމްޑީޕީން ވަކާލާތުކުރާނެ ކަމުގެ ޔަގީންކަން ދެއްވައި، ސިޔާސީ ސަބަބުތަކަށް ޓަކައި ވަކިކުރި ވަޒީފާތައް އަނބުރާ ހޯދައިދޭނެ ކަމަށް ޝާހިދު ވައުދުވެވަޑައިގަތެވެ.

”އަޅުގަނޑުމެން މި މަސައްކަތް ހުއްޓައެއް ނުލާނަން. އަތުލައިގަތް ވަޒީފާތައް އަނބުރާ އިއާދަކޮށްދޭނެ ކަމުގެ ޔަގީންކަން އެމްޑީޕީން ރައްޔިތުންނަށް އަރުވަން،“ ޝާހިދު ވިދާޅުވިއެވެ.

”ވަޒީފާ ބުރާސްފަތި“ އިހުތިޖާޖަކީ ވަޒީފާގެ މައިދާނުގައި ހިނގާ ސިޔާސީ ތަފާތުކުރުންތަކާ ދެކޮޅަށް އެމްޑީޕީން ފެށި ފުޅާ ކެމްޕޭނެއްގެ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ހަފުތާތަކުގައި މުޅި ރާއްޖެއަށް މި ހަރަކާތްތައް ފުޅާކުރާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: