ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސްކާޝަންގެގޮތުގައި އެއްވެސް ތަނަކަށް ދިއުން މަނާކޮށްފި

ވިލިމާލޭގެ މޫދަށް އެރޭ ސަރަޙައްދު. ފޮޓޯ:ޓްރިޕްއެޑްވައިޒަރޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކްސްކާޝަންގެ ގޮތުގައި ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން މީހުން އައުމާއި ދިއުން، ހުއްޓައިލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން(އެޗްޕީއޭ) އަންގައިފިއެވެ.

އެޗްޕީއޭއިން ރޭ ޢާންމުކުރި ބަޔާނުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ، މި އެންގުން އަންގާ ވަގުތުން ފެށިގެން،ވަކި ގޮތެއް އަންގަންދެން، އެކްސްކާޝަންގެ ގޮތުގައި އެއްވެސް ތަނަކުން( ރަށްރަށުން، ރިސޯޓްތަކުން، ސަފާރީތަކުން، ގެސްޓްހައުސްތަކުން) މީހުން އައުމާއި ދިއުން ހުއްޓައިލުމަށް އަންގާކަމަށެވެ.

މީގެ އިތުރުން މައިމޫނާ ވިދާޅުވީ، މި ފިޔަވަޅުތައް ތަންފީޒުކޮށް، އެއާއި އެއްގޮތަށް ޢަމަލުކުރުމަށް އެންމެހާ އިދާރާތަކަށާއި، އެންމެހާ ފަރާތްތަކަށް އަންގާކަމަށެވެ.

މައިމޫނާ ވިދާޅުވީ، ދަޢުލަތުގެ ކަމާބެހޭ މުޢައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާ ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހާ ފަރާތްތަކަށް އަންގާކަމަށެވެ.

އެޗްޕީއޭއިން މީގެ ކުރިން ވެސް ވަނީ މި ފަދަ އެންގުންތަކެއް އަންގާފައެވެ. މި ގޮތުން، އެޗްޕީއޭއިން މާޗް 13 ގައި ނެރުނު ބަޔާނުގައިވަނީ، އެކްސްކާޝަންގެ ގޮތުގައި، އެއްވެސް ތަނަކުން ( ރިސޯޓްތަކުން، ސަފާރީތަކުން، ގެސްޓްހައުސްތަކުން ) މާލެ ސަރަޙައްދަށް (މާލެ، ވިލިމާލެ، ހުޅުމާލެ) މީހުން އައުމާއި ދިއުން 10 ދުވަހުގެ މުއްދަތަކަށް ހުއްޓައިލުމަށް އަންގާފައެވެ.

ހަމަ އެހެންމެ މާޗް 13 ގައި ނެރުނު އެހެން ބަޔާނެއްގައިވަނީ، އެކްސްކާޝަންގެ ގޮތުގައި އެއްވެސް ތަނަކުން (ރަށްރަށުން، ރިސޯޓްތަކުން، ސަފާރީތަކުން، ގެސްޓްހައުސްތަކުން) މީހުން އައުމާއި ދިއުން ވެސް 10 ދުވަހުގެ މުއްދަތަށް ހުއްޓައިލުމަށް އަންގާފައެވެ. އެހެންނަމަވެސް، ރޭ ޢާންމުކުރި ބަޔާނާއި ގުޅިގެން ކުރިން ނެރެފައިވާ އެންގުންތައް ބާޠިލްވެފައިވާކަމަށް މައިމޫނާ ވިދާޅުވިއެވެ.

ކޯވިޑް-19އާއި ގުޅިގެން އެޗްޕީއޭއިން ދަނީ ގިނަ އެންގުންތަކެއް އަންގަމުންނެވެ. މި ގޮތުން، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެގޮތުން، މާލޭގެ ކެފޭތަކާއި، ހޮޓާ/ރެސްޓޯރެންޓް ފަދަ ތަންތަނުން، ޓޭކްއަވޭގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތްތައްދިނުން މިހާރުވަނީ މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: