ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ ލައިނާއެކު ވިލިމާލޭގެ ދަތުރުފަތުރުގެ މައްސަލައަށް ހައްލު ލިބޭނެ: ސައުދީ

ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ އެއް ހިދުމަތަކީ ޓެކްސީ ލައިން ކަމަށް އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި ޓެކްސީ ލައިންގެ ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސައުދީ ވިދާޅުވީ، ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ތައާރަފްކުރަމުން ކަމަށެވެ. އަދި އަތޮޅުތެރޭގައި މި ހިދުމަތްތައް ދެމުންދާއިރު، އެ ހިދުމަތް ފުޅާކޮށް ދިމާވާ މައްސަލަތައް ހައްލުކޮށް ފުރިހަމަ ހިދުމަތެއްގެ ގޮތުގައި ދެމެހެއްޓުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދަވާ ކަމަށް ސައުދީ ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ، ވިލިމާލޭގައި ޓެކްސީ ލައިންގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ރައްޔިތުން އެމަނިިކުފާނުގެ އަރިހުން އެދިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގެ ރައްޔިތުންނަށް 24 ގަޑިއިރު ލިބޭނެ ގޮތަށް ތަރުތީބު ކުރެވިފައި ހުންނާނެ ކަމަށް ސައުދީ ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ މި ހިދުމަތަކީ އެކި އުމުރުފުރާގެ ފަރާތްތަކުންވެސް ބޭނުންކުރާނެ ހިދުމަތަކަށް ވުމާއެކު މޯބައިލް އެޕްލިކޭޝަންގެ އިތުރުން ހޮޓްލައިން ނަމްބަރު 1655 އަށް ގުޅައިގެން ވެސް ހިދުމަތްތައް ލިބޭނެ ކަމަށެވެ.

ސައުދީ ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ވިލިމާލެ ރައްޔިތުން ފާހަގަކުރަނީ އެމްޓީސީސީގެ ބަހަށް ކުދި ގޯޅިތަކަށް ނުވަދެވޭ މައްސަލަ ކަމަށެވެ. އެހެންނަމަވެސް ޓެކްސީ ލައިން ތައާރަފްވުމާއެކު އެ މައްސަލައަށް މިހާރު ހައްލު ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

”ބަހުގެ ސައިޒް ކުޑަ ކުރެވޭކަށެއް ނެތް. އެކަމަކު މިހާރު މިއޮތީ އެއަށް ވުރެ ކުޑަ އެއްޗެއް. ލަގެޖު އެރުވޭ ބޮޑެތި ކާރާއި އެއަށް ވުރެ ކުދި ކާރު. މި ރަށަކީ އެހެން ފިއުލް އުޅަނދު ދުއްވޭ ރަށެއް ނޫން، އެހެންވީމާ މިހުރީ ކާބަން ނިއުޓްރަލް ރަށެއް ގޮތުގައި ބާއްވާގައި ދުއްވޭ ވެހިކަލް،“

ސައުދީ ވިދާޅުވީ އެހެންކަމުން މިހާރު ވިލިމާލޭގެ ރައްޔިތުންނަށް ދަތުރުކުރުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި ވިލިމާލޭގައި ހުރި އެފަދަ މައްސަލަތަކަށް ޓެކްސީ ލައިނާއެކު ހައްލު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: