ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އެލިއޯން އިން ސާމްޕަލް ނެގި މީހުންގެ ނަތީޖާ ނެގެޓިވް

"އެލިއޯން" ކޮންޓެއިނަރ ޝިޕް.
ޝެއާރކޮށްލާ ކަހަލަދޯ؟

”އެލިއޯން“ ކިޔާ އުޅަނދުންއައި މީހާގެގައިން ނެގި ސާމްޕަލްގެ ޓސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ރޭ، ކޮށްފައިވާ ޓްވީޓެއްގައިވަނީ، ކޯވިޑް-19 އަށް ޝައްކުކުރެވޭފަދަ ޢަލާމާތްތަކެއް ހުރެގެން، ވެލިގަނދު އައިލެންޑް ރިސޯޓުންނާއި، ސެންތާރާ އިލެންޑް ރިސޯޓުންނާއި، ”އެލިއޯން“ ކިޔާ އުޅަނދުންނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށެވެ. އެހެންކަމުން، އެ ރަށްތަކާއި އުޅަނދު މޮނިޓަރިންގްގެ ހާލަތުން ނެގިފައިވާކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ވެލިގަނޑު ރިސޯޓުން ކޯވިޑް-19 އަށް ބިދޭސީއެއް ޓެސްޓުކޮށްފައިވާއިރު، ސެންތާރާއިން ޓެސްޓްކޮށްފައިވަނީ ދިވެއްސެކެވެ. ސްރީލަންކައިން ރާއްޖެއައި އުޅަނދު ”އެލިއޯން“ އިން ޓެސްޓްކޮށްފައިވަނީ، ބިދޭސީއެކެވެ.

ދިވެހިރާއްޖެއިން ކޯވިޑް-19 އަށް މިހާތަނަށް، 13 މީހުން ޕޮޒިޓިވްވެފައިވީ ނަމަވެސް، އޭގެތެރެއިން ތިންމީހުން މިހާރުވަނީ، ރަނގަޅުވެފައެވެ. މީގެ އިތުރުން، 17 މީހުން އެކަހެރިކޮށްފައިވާއިރު، 442 މީހުންވަނީ ކަރަންޓީނުކުރެވިފައެވެ.

 

https://twitter.com/HPA_MV/status/1241786741532442629?s=20

ވެލިގަނޑު ރިސޯޓުން ކޯވިޑް-19 އަށް ބިދޭސީއެއް ޓެސްޓުކޮށްފައިވާއިރު، ސެންތާރާއިން ޓެސްޓްކޮށްފައިވަނީ ދިވެއްސެކެވެ. ސްރީލަންކައިން ރާއްޖެއައި އުޅަނދު ”އެލިއޯން“ އިން ޓެސްޓްކޮށްފައިވަނީ، ބިދޭސީއެކެވެ.

ދިވެހިރާއްޖެއިން ކޯވިޑް-19 އަށް މިހާތަނަށް، 13 މީހުން ޕޮޒިޓިވްވެފައިވީ ނަމަވެސް، އޭގެތެރެއިން ތިންމީހުން މިހާރުވަނީ، ރަނގަޅުވެފައެވެ. މީގެ އިތުރުން، 17 މީހުން އެކަހެރިކޮށްފައިވާއިރު، 442 މީހުންވަނީ ކަރަންޓީނުކުރެވިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: