ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަބްރޫކްގެ ޝުކުރު ނޫސްވެރިންނަށް: ތިޔަ ދެއްވާ އެއްބާރުލުން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ!

ޕްރެސްއަށް ފަހު މަބްރޫކް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ވާހަކަ ދައްކަވަނީ - ފޮޓޯ: މުހައްމަދު ޝަރުހާން/ ޓްވިޓާރ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާއި ގުޅިގެން، ރާއްޖެއިން އެ އެ ވައިރަސްއާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ނޫސްވެރިން ދެއްވާ އެއްބާރުލުމަށް ސަރުކާރުން މި މައުލޫމާތުތައް ދެއްވުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ތައުރީފު ކުރައްވައިފިއެވެ.

ކޮރޯނާ ވައިރަސްއާއި ގުޅިގެން ދަރުބާރުގޭގައި ދެ ފަހަރެއްގެ މަތީން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައެވެ. އަދި އޭގެ އިތުރުން ކަމާއި ބެހޭ އެހެން މުވައްސަސާތަކުން ވެސް ނޫސްވެރިންނާއި ބައްދަލުކޮށް މައުލޫމާތުތައް ފޯރުކޮށްދެއެވެ. ކޮންމެ ދުވަހެއްގެ ދެ ފަހަރު ކުރިޔަށް ގެންދާ އެ ބައްދަލުވުންތަކުގައި އެންމެ އިސްކޮށް ހުންނަވަނީ މަބްރޫކްއެވެ. އަދި ކޮންމެ ގަޑިއެއްގައި ވެސް، އަދި ކޮންމެ ވަގުތެއްގައި ވެސް ނޫސްވެރިއަކު ފޮނުވާ ސުވާލަކަށް މަބްރޫކް ޖަވާބު ދެއްވައެވެ.

މާޗު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ބާއްވަމުން އެ އަންނަ ބައްދަލުވުންތަކުގައި ކޮންމެ ރެއަކުވެސް ނޫސްވެރިން ބައިވެރިވެއެވެ. އާދީއްތަ ދުވަހުގެ ރޭގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށްފަހު ޕްރެސް ނިންމަވާލެއްވުމުގެ ކުރިން ނޫސްވެރިންނަށް ތައުރީފް ކުރައްވައި މަބްރޫކް ވިދާޅުވީ ނޫސްވެރިންގެ ފަރާތުން އޭނާއަށް ލިބެމުންދަނީ ހީވެސް ނުކުރާ ވަރުގެ އެއްބާރުލުމެއް ކަމަށެވެ. އެގޮތުން އޭނާ އެ މަގާމާއި ހަވާލުވީއިރު ނޫސްވެރިންގެ ފަރާތުންނާއި އާއްމުންގެ ފަރާތުން އޭނާއަށް މިހާބޮޑު އެއްބާރުލުމެއް ލިބިގެން ގޮސްދާނެކަމަށް ހީވެސް ނުކުރާކަމަށެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރުން ކޮންމެ ދުވަހަކު ފޯރުކޮށްދޭ މައުލޫމާތުތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށްޓަކާ ނޫސްވެރިން ކުރާ ބުރަ މަސައްކަތް އޭނާއަށް އިހުސާސްކުރެވޭ ކަމަށެވެ. އަދި ހުރިހާ ނޫސްވެރިންވެސް ވަރުބަލިކަމެއްނެތި ރެއާއި ދުވާލު ކުރާ މަސައްކަތަށް ހަގީގަތުގައި ވެސް ޝުކުރު ހައްގުވާ ކަމަށެވެ.

ނޫސްވެރިން ކޮންމެ ދުވަހަކުވެސް އެތައް ގަޑިއިރެއްވަންދެން މަސައްކަތް ކުރާކަމާއި، އެކަމަށް ސަރުކާރުގެ ނަމުގައި ނޫސްވެރިންނަށް ޝުކުރު އަދާކުރާކަމަށް މަބްރޫކް ވިދާޅުވިއެވެ.

”އަޅުގަނޑަށް އެނގޭ ކިހާ ލަސްވަންދެން މަސައްކަތް ކުރާކަން ވެސް ގިނަ ބޭފުޅުން. އަޅުގަނޑުމެން މުޅި ސަރުކާރުގެ ނަމުގައި ތި ބޭފުޅުންނަށް އިންތިހާއަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އުއްމީދަކީ މިިކަމުން އަވަހަށް އަރައިގަނެވުން. އަދި އެކަމުގައި ތި ބޭފުޅުން ތި ކުރައްވާ ގައުމީ މަސައްކަތް އަޅުގަނޑު ހިިތުން ދުވަހަކު ވެސް ހަނދާން ނެތިގެނެއް ނުދާނެ.“ މަބްރޫކް

ކޮންމެ ދުވަހަކު ދެ ފަހަރެއްގެ މަތީން ނޫސްވެރިންގެ ބައްދަލުވުންތައް ކުރިޔަށް ގެންދޭ

މަބްރޫކް ނޫސްވެރިންނަށް ތައުރީފްކުރިއިރު ނޫސްވެރިން ވަނީ މައުލޫމާތާއި ހަބަރުތައް މަބްރޫކް ގެނެސްދޭގޮތުގެ މައްޗަށް ތައުރީފްކޮށްފައެވެ. އަދި މަބްރޫކް ނޫސްވެރިންނާއި ބަހައްޓަވާ ގާތްކަމަށް ވެސް ނޫސްވެރިން ތައުރީފް ކުރެއެވެ. މީގެ އިތުރުން އާއްމުންވެސް ދަނީ މަބްރޫކްގެ މަަސައްކަތްތަކަށް ތައުރީފް ކުރައްވަމުންނެވެ. މަބްރޫކް ވަނީ މައުލޫމާތެއް ސަރުކާރުން ސިއްރު ކުރާ ނަމަ، އޭނާ އެ ޒިންމާއާ ހަވާލުވެ ވަޑައިގެން ނުހުންނަވާނެ ކަމަށާއި ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ދެމުން ގެންދަވާނެ ކަމުގެ ޔަގީންކަން ނޫސްެވެރިންނަށް ދެއްވާފައެވެ.

ވައިރަސްގެ ކަންތަކާއި ގުޅިގެން ގެނެސްދޭ ހަބަރުތަކަށް ނޫސްވެރިންނަށް ފާޑުކިޔުންވެސް އަމާޒުވިއެވެ. އެހެން ނަމަވެސް، ނޫސްވެރިން ވަނީ އެއްބަޔަކު ކުރާ ކަމެއްގެ ސަބަބުން ހުރިހާ ނޫސްވެރިންނަށް ފާޑުނުކިއުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: