ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯސްޓު މެދުވެރިކޮށް ގެނައި 900 ގްރާމްގެ ކޮކެއިންއާ ހަވާލުވާން ދިޔަ މީހަކު 30 ދުވަހަށް ބަންދަށް

ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައ،ި ފެޑެކްސް މެދުވެރިކޮށް ރާއްޖެއަށް ގެނައި 900 ގްރާމްގެ ކޮކެއިންއާ ހަވާލުވާން ދިޔަ މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި ނެރުނު ބަންދު އަމުރުން އެނގޭ ގޮތުގައި، މާލެއަށް އުފަން އުމުރުން 32 އަހަރުގެ އެ މީހާ ހައްުޔަރުކުރީ ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ޕެކޭޖެއް ބަލައި ފެޑެކްސްގެ އޮފީހަށް ދިޔުމުންނެވެ. އޭރު ފުލުހުން ދިޔައީ އެ ޕެކޭޖާ ހަވާލުވާނެ ފަރާތެއް ހޯދަން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ.

އެ ޕެކޭޖު އެޑްރެސްކޮށްފައިވާ ފަރާތާއި، އޭނާއާއެކު ޕެކޭޖު ބަލައި ފެޑެކްސްގެ އޮފީސް ކައިރިއަށް ދިޔަ ދެވަނަ މީހާ އަކީ ވެސް ކުޑައިރުން ފެށިގެން އެކީގައި އުޅެމުންދާ ފަރާތްތަކެއްކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުންގެ އައިއޯ ކޯޓުގައި ބުނެފައިވެއެވެ.

އެ މީހާއާ ދެކޮޅަށް ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގައިވާ ގޮތުން ފެޑެކްސް މެދުވެރިކޮށް އެތެރެކުރި އެ ޕެކޭޖުގައި ހުރީ 899.6 ގްރާމުގެ ކޮކެއިންއެވެ.

އޭގެ އިތުރުން، އޭނާގެ ފޯނުގެ ލޮކްކޯޑު ދިނުމަށް ފުލުހުން އެދުމުން އޭނާ ދިން ކޯޑުން ފޯނު ނުހުޅުވުނުކަން ވެސް އައިއޯ ފާހަގަކުރިއެވެ.

އެ މީހާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ، ފެނުނު މަސްތުވާތަކެއްޗަކީ އޭނާއާ ގުޅުމެއް އޮތް އެއްޗެއް ނޫން ކަމަށެވެ. އަދި އެ ޕެކޭޖު ބަލައި ދިޔައީ ޝައްމޫން ކިޔާ މީހަކު ބުނެގެން ކަމަށް ބުނެފައިވެއެވެ.

އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެތީ ކްރިމިނަލް ކޯޓުން ނިންމީ ފުލުހުން އެދުނު ގޮތަށް އޭނާގެ ބަންދަށް 30 ދުވަސް ދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: