މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ މުއްދަތު ޖެހުމުގެ ކަންކަން މާދަމާއިން ފެށިގެން ކުރިއަށްދާނީ ވީޑިއޯކޮފަރެންސްކޯލް މެދުވެރިކޮށް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ..
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ މުއްދަތު ޖެހުމާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރައްވަމުން ފުލުހުންގެ ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ މާދަމާއިން ފެށިގެން ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ކަންކަން ކުރިއަށްދާނީ ކްރިމިނަލް ކޯޓާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ދެމެދު ކުރެވޭ ވީޑޮއޯ ކޮންފަރެންސް ކޯޅް މެދުވެރިކޮށް ކަމަށެވެ.
މީގެއިތުރުން އިޒްމިއާ ވިދާޅުވީ ބަންދުގެ މުއްދަތު ޖެހާ މީހުންގެ ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާ ވަކީޅުންނަށް އަޑުއެހުންތަކުގައި ބައިވެރިވެވޭނެ އިންތިޒާމް ދޫނިދޫ އަދި ކްރިމިނަލް ކޯޓުގައި މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ކޮރޯނާވައިރަސްއާއިއެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު އެކިއެކި ވުޒާރާތަކުން ދެމުން ގެންދާ ހިދުމަތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

