ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓެއްގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ އާ ކޮވިޑާއި ގުޅުމެއް ނެތް: ފުލުހުން

ިރިސޯޓެއްގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާއާއި ކޮވިޑާއި ގުޅުމެއް ނެތް: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޅުވެލި ރިސޯޓްގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މުވައްޒަފާއި ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާއި އެއްވެސް ގުޅުމެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.

ރިސޯޓެއްގައި މަސައްކަތް ކުރަމުން އައި ބިދޭސީ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނުނު ހަބަރާއި އެކު އާއްމުންގެ ފަރާތުން ކަންބޮޑުވުންތަކެއް އުފެދިގެން އައެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އެ ހާދިސާއާއި ގުޅޭގޮތުން ސުވާލު އުފައްދާތީ ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ މަރުވެފައި އޮއްމީހާއާއި ވައިރަހާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އޭނާގެ މަރަކީ ގުދުރަތީ މަރެއްކަމަށް އިޒްމިއާ ވަނީ ވިދާޅުވެފައެވެ.

ފުލުހުން އަބަދުވެސް އަމަލު ކުރަމުންދާ އުސޫލުގެ ދަށުން މިކަން ވެސް ތަހުގީގު ކުރަމުންދާނެކަން ވެސް ވަނީ ފާހަގަކޮށްފައެވެ. މިއަދު މަރުވެފައި އޮތްވާ ފެނުނީ 53 އަހަރުގެ ސްރީލަންކާ ރައްޔިތެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: