ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެލައިނީއާ 20 މީހަކު ޑައިރެކްޓް ކޮންޓެކްޓުވި، ޝައްކު ކުރެވި ޓެސްޓު ކުރި ދެ ސާމްޕަލް ނެގެޓިވް!

ފެލައިނީއާ 20 މީހަކު ޑައިރެކްޓް ކޮންޓެކްޓުވި، ޝައްކު ކުރެވި ޓެސްޓު ކުރި ދެ ސާމްޕަލް ނެގެޓިވް!
ޝެއާރކޮށްލާ ކަހަލަދޯ؟

ވަން އެންޑް އޮންލީ ރީތި ރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ދިޔަފަހުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން ހެދި ކޮންޓެކްޓު ޓްރޭސިންގައި 20 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އެތަނުން ފަސް މީހުންނަކީ އެއީ ރިސޯޓުގެ މުވައްޒަފުންކަމަށް ކޮރޯނާ އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ފުޓްބޯޅަ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން ހެދި ކޮންޓެކްޓު ޓްރޭސިންގައި ފާހަގަވީ ދެ ދިވެއްސެއް ދިރިއުޅޭ ގެއެއް ވަނީ ވަދެ ނިކުތުން މަނާކޮށް ލޮކްޑައުންކޮށްފައެވެ. އަދި އެ މީހުންގެ ނަތީޖާތައް ލިބެންދެން އެ އިމާރާތުގެ މޮނީޓަރިންގެ މަސައްކަތް ކުރިޔަށް ދާނެއެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، ރާއްޖެ އައިސްފައިވަނީ މާޗު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އޭނާ ރީތިރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު ޗައިނާއަށް ފުރާފައިވަނީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ފެލައިނީ ވައިރަހަށް ޕޮޒިޓިވްވީކަން ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއީ މާޗް މަހުގެ 20 ވަނަ ދުވަހެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފެލައިނީ ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި ކޮންޓެކްޓުވީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު އޭނާއާއި ކޮންޓެކްޓްވި ފަރާތްތެއްކަމުގައި ވާނަމަ އެކަން ނުފޮރުވާ ވީހާވެސް އަވަހަށް އެޗްޕީއޭގެ ހޮޓްލައިން 1676 އަށް އަމިއްލައަށް އެންގުމަށް އެދޭކަމަށެވެ. އަދި އެއީ އޭނާއާ ސަލާމްކުރި މީހެއް ކަމުގައި ވިޔަސް އެކަން އެނގުމަށް ވަނީ އެދިފައެވެ.

މި ކޭސްއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓިވި ކަމަށް މިހާތަނަށް ފާހަގަވި މީހުންގެ ތެރޭން ފަސް މީހުން އައިސޮލޭޓުކޮށްފައިވަނީ ރީތި ރަށުގައި ކަމަށެވެ. ފެލައިނީއާއި ކޮންޓެކްޓުވެގެން އެކަހެރި ކުރި މީހުންގެ ތެރޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ 15 ސްޓާފަކު ވެސް ހިމެނެއެވެ. އެ މީހުންނަކީ ފެލައިނީއާއި ޑައިރެކްޓު ކޮންޓެކްޓުތަކުގައި ފާހަގަކުރެވިފައިވާ މީހުން ކަމަށާއި އަދި ސްޓާފުންގެ ތެރެއިން ދެ މީހެއްގެ ފަރާތުން އަލާމާތްތަކެއް ފެންނަކަމަށް ޝައްކު ކުރެވޭތީ ވެލިދޫގައި އައިސޮލޭޓުކޮށް ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށެވެ.

ބޭރު ދުނިޔޭގެ ހަބަަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވާގޮތުން ރާއްޖެއިން ފުރިފަހުން މި ހަފްތާގެ ތެރޭގައި އޭނާ ޗައިނާގެ ޝެންހާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ ސިންގަޕޯރ މަގުންނެވެ. އަދި ޝެންހާއީގެ ޝެންޑޮންގް ރެއިލްވޭ ސްޓޭޝަނަށް ގޮސްފައިވަނީ ޓެކްސީއެއްގައެވެ. އެއަށްފަހު އެ ގައުމުގެ ސިނާންއަށް ދިޔައީ ”ހައި ސްޕީޑް ޓްރެއިން“ އެއްގައެވެ.

ޑެއިލީ މެއިލް ނިއުސްގައި ސިއްހީ ދާއިރާގެ ފަރާތްތަކާއި ހަވާލާދީ ބުނެފައިވަނީ ފެލައިނީގެ ފަރާތުން ވައިރަހުގެ މާ ބޮޑު އަލާމާތްތަކެއް ނުފެންނަ ކަމަށެވެ. ވައިރަހަށް ޕޮޒިޓިވުމާއި ގުޅިގެން އޭނާ ވަނީ 14 ދުވަހުގެ ކަރަންޓީން ފެސިލިޓީއަކަށް ގެންދެވިފައެވެ.

ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ބަލިން ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ،

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންދާއިރު ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ވަނީ ދެ ހަފްތާއަށް ބަންދުކޮށްފައެވެ. އަދި ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް ވަނީ މަނާކޮށްފައެވެ. ނަމަވެސް ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް ދޭނެއެވެ.

އަފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއް ވެފައިވާއިރު ސަރުކާރުން ވަނީ މިއީ ހަމަޖެހިލަން ވީ ވަގުތެއް ނޫންކަމަށް ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: