ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ބޮޑު ގެއްލުމެއް، ރިސޯޓުތައް ބަންދުކުރަނީ ޓޫރިސްޓުން ނެތިގެން: އަފީފް

ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް މިހާރު ލިބެމުންދަނީ ކުރިން ދުވަހަކު ވެސް ނުލިބޭ ވަރުގެ ގެއްލުމެއް ކަމަށާއި، ޓޫރިސްޓުން ނާންނާނަމަ ރިސޯޓުތައް ބަންދުކުރަން ޖެހިދާނެކަމަށް ކަމަށް ކްރައުން އެންޑް ޗަމްޕާގެ މައި ހިއްސާދާރު ހުސައިން އަފީފު ވިދާޅުވެއްޖެ އެވެ.

ކްރައުން އެންޑް ޗަމްޕާ ގްރޫޕްގެ ދަށުން ހިންގާ ރިސޯޓްތަކުގެ ތެރޭގައި ކުޑަދޫ މޯލްޑިވްސް، ހުރަވަޅި، ވެލިގަނޑު އައިލެންޑް ރިސޯޓް، ކޮމަންޑޫ އާއި ކުރެއްދޫ އާއި ވިލަމެންދޫ، މީރު އަދި އިންނަހުރާ ރިސޯޓު ހިމެނެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން އަންނަ އަފީފް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތު މިހާރު އޮތީ ވަރަށް ދެރަ ހާލަތެއް ކަމަށެވެ. އަދި މިއީ އަމިއްލަ ބާރުގައި އޮތް ހާލަތެއް ނޫންކަން އަފީފް ފާހަގަ ކުރެއްވިއެވެ.

އަފީފް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އެންމެ ބޮޑު ބިރުވެރިކަމަކީ ނުވަތަ ގޮންޖެހުމަކީ، މިކަން ދިގު ދެމިގެންދާނެ މުއްދަތެއް ތަސައްވަރު ކުރަން ނޭންގުން ކަމަށެވެ. އަދި އުންމީދު ކުރަނީ މި ހާލަތް ވީ އެންމެ އަވަހަކަށް ބަދަލުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސުނާމީއާ ގުޅިގެން ލިބުނު ގެއްލުން އޭރު އަންދާޒާ ކުރެވުނު ކަމަށާއި އެހެންވެ އެކަމުން އަރައިގަންނަން ކުރަން ޖެހުނު މަސައްކަތްތައް އެނގުނު ކަމަށް އަފީފް ވިދާޅުވިއެވެ. ކްރައުން އެންޑް ޗަމްޕާގެ ދަށުން ހިންގާ ބައެއް ރިސޯޓުތަކުގައި މިވަގުތު 60 އަކަށް ޓޫރިސްޓުން އެބަތިބި ކަމަށާއި އެއްވެސް ވަރަކަށް ޓޫރިސްޓުން ނާންނަ ނަމަ ވަގުތީ ގޮތުން ރިސޯޓުތައް ބަންދުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވިޔަފާރިއަށް ކުރިމަތިވާ ގެއްލުންތައް ދެނެގަތުމަށްޓަކައި ރާއްޖޭގެ ހާލަތު ރިވިއުކޮށް ވިޔަފާރި ސަލާމަތް ކުރަން އަޅާނެ ފިޔަވަޅުތައް ދެނެގަތުން އެނޫން އިތުރު އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ކްރައުން އެންޑް ޗަމްޕާ ގްރޫޕަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރަމުން އަންނަ އެއް ކުންފުންޏެވެ. މި ކުންފުނީގައި 3000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ ކުންފުނިން ވަނީ މުވައްޒަފުންނަށް ކުރިއަށް އޮތް ދެ މަހު، އޮންނަ އުސޫލުގެ ތެރެއިން މުސާރަ އެއްކޮށް ދޭން ނިންމައިފަ ކަމަށެވެ.

ކުރިއަށް އޮތް ދެ މަހު، އޮންނަ އުސޫލުގެ ތެރެއިން މުސާރަ އެއްކޮށް ދޭން ނިންމާފައިވިޔަސް އޭޕްރީލް މަހުގެ ނިޔަލަށް ކޮވިޑް-19 ގެ ހާލަތު ދިގުދެމިގެންދާ ނަމަ 5،000ރ. އަށް ވުރެ ބޮޑު ހުރިހާ މުސާރައަކުން ވަކި ޕަސެންޓެއް ކުޑަ ކުރުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާ މިއަހަރު 35 ޕަސެންޓް ދަށަށް ދާނެ ކަމަށް ލަފާކުރެވެ އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ ކުންފުނިތައް ކަމުގައިވާ ވިލާގެ ރިސޯޓުތަކާއި ޔުނިވާސަލްގެ ރިސޯޓުތައް ވެސް ބަންދުކުރުމަށް ވަނީ ނިންމައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ހުރިހާ ރިސޯޓަކާއި ހޮޓަލެއް ވަގުތީގޮތުން ބަންދުކުރަން ވަނީ ނިންމާފައެވެ. އެގޮތުން އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ ހުރިހާ ރިސޯޓެއް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިހުރިހާ ރިސޯޓެއް ބަންދުކުރި ނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: