ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ޖޭ.އޭ މަނަފަރު ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައިފިއެވެ.
ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މަނަފަރު ރިސޯޓުގެ އިތުރުން މި ވަގުތު މީހުން އަރައި ފޭބުން މަނާ ކޮށްފައިވާ އަނެއް ރަށަކީ ރީތި ބީޗް ރިސޯޓެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

