ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތައް ހިންގަން ކައުންސިލުތަކަށް އެހީވާން އެމްޑީޕީން ހާއްސަ އޮފީހެއް އުފައްދައިފި

ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް / ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްރޫއުތައް ހިންގުމުގައި ކައުންސިލުތަކަށް ފަންނީ، މާލީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސްގެ ނަމުގައި އޮފީހެއްގައި އުފައްދައިފިއެވެ.

އެމްޑީޕީން މިއަދު ބުނީ، ލޯކަލް ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން މަދަދުވެރިކަމާއި އެހީ ފޯރުކޮށްދިނުމަށް އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް (އައިއެލްސީ-ޕީޑީއޯ) އެ ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓުގައި ގާއިމްކޮށްފައިވާ ކަމަށެވެ.

އެ އޮފީހުގެ ޑައިރެކްޓަރ ޖެނެރަލް އަކީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އެފަދަ އޮފީހެއް އުފައްދަވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ކެމްޕޭނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ. އެމަނިކުފާނު އޭރު ވިދާޅުވި ގޮތުގައި އެ އޮފީހުގެ މައިގަނޑު މަގުސަދަކަށް ވާނީ ރާއްޖޭގެ ރަށްރަށަށް ބޭނުންވާ ވިޔަފާރި އާއި އިގުތިސާދީ އަމަލީ ޕްލޭންތައް އެކުލަވައިލުން ކަމަށެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، މި އިސްނެގުމުގެ ތެރެއިން ވަކިވަކި ރަށްރަށަށް އެމްޑީޕީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދެވޭނެއެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރާއި ހަ އަހަރުގެ ތެރޭގައި، ރޭވުންތެރި މަޝްރޫއުތަކާއި ވިޔަފާރީގެ އުސޫލުތައް މެދުވެރިކޮށް ރަށްރަށުގެ އާމްދަނީ އިތުރުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމުގެ އިގްތިސާދީ ހަމަޖެހުމަށް ޓަކައި ގޭބިސީތަކުގެ އާމްދަނީ އިތުރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ވެސް ކެމްޕޭނުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އާމްދަނީ އިތުރުކޮށް، އިގްތިސާދީ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ނުކޮށްފިނަމަ، ގައުމުގެ ދަރަނި ބޮޑުވަމުންދާ ދަނޑިވަޅެއްގައި ރަށްރަށަށް އިތުރު ދަތިތަކާއި އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: