ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމުގެ ހަމަޖެހުމަކީ، ހަމައެކަނި ސަރުކާރުންކުރާ މަސައްކަތުން ހާސިލުވާނެ ކަންކަމެއްނޫން: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމުގެ ހަމަޖެހުމާއި އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަމާއި، ރައްޔިތުންގެ މަސްލަޙަތާއި ރައްކާތެރިކަމަކީ، ހަމައެކަނި ވެރިކަމުގެފަރާތުން ކުރާމަސައްކަތަކުން ހާސިލުވާނެކަމެއްނޫންކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިވަނީ، ޝަހީދުންގެ ދުވަހާއިގުޅިގެން ދެއްވި ހިޠާބުގައި އަލިރަސްގެފާނުގެ ޖިހާދުންލިބިދޭ ފިލާވަޅުތަކަށް އަލިއަޅުވައިލަމުންނެވެ.

މިނިސްޓަރު އިމްރާނު ވިދާޅުވީ، ޝަހީދުންގެ ދުވަސް ހަނދާންކޮށްދެނީ، މިއަދު ކުރިމަތިވެފައިމިވާފަދަ ނުރައްކާތަކުން މިންޖުވުމަށްޓަކައި، މުޖުތަމަޢުގެ ހުރިހާ ފަރުދުން ސަރުކާރާގުޅިގެން މަސައްކަތްކުރަންޖެހޭކަމަށާއި، ސަރުކާރުގެ ލަފަޔާއި އިރުޝާދަށް ފުރިހަމައަށް ބޯލަނބަންޖެހޭކަމަށެވެ.

ހަމަ އެހެންމެ، މިއަދު އަޒުމު ކަނޑައަޅަންވީ ކޮންމެމީހަކީ އަލިރަސްގެފާނައި، އެ ރަސްގެފާނުގެ ބައިވެރިންފަދައިން، ޤައުމަށް ޚިދުމާތްކުރާ އަމިއްލަ މަސްލަޙަތަށްވުރެ، ޤައުމީ މަސްލަޙަތު އިސްކުރާ ބަޔަކަށްވުމަށްކަމަށާއި، ކޮންމެ މީހަކުވެސް ވާންވާނީ، މި ރާއްޖެއާއި، މި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، އަދި ކުރިއެރުމަށް، އެ މީހަކު އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރާ މީހެއްކަމަށްވުމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަސް ދަސްކޮށްދޭ އެންމެ މަތިވެރި ފިލާވަޅަކީ،  ދިވެހިންނަކީ ކިތަންމެ ބައިމަދު ބައެއްކަމަށްވިޔަސް މި ލޮބުވެތި ޤައުމުގެ މިނިވަންކަމާއި އަމިއްލަ ވެރިކަމާއި، މި ރާއްޖެގައި ޤަރާރުވެފައިއޮތް ހަމަޖެހުމާއި، ޞުލްޙަމަސަލަސްކަމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަދި ޒަމާނުއްސުރެ ދިވެހީން ތަބާވެގެން މި ތިބަ އިސްލާމްދީނުގެ ރިސާލަތުގެ މަތިވެރި ރިސާލަތުގެ މުހިންމުކަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޝަހީދު އަލިރަސްގެފާނުގެ ޖިހާދުން ލިބިދޭ އަނެއް ފިލާވަޅަކީ، ކިތަންމެ ބައިމަދުކަމުގައިވިޔަސް، ނުވަތަ އެކަނި ހުންނަންޖެހުނުކަމުގައިވިޔަސް ޙައްޤުގޮތުގައި ސާބިތުވެހުރެ ތިމާގެ ވަޠަނަށް ޚިދުމަތްކުރުންމަތީ ދެމިހުންނަންޖެހޭނެކަން ކަމަށެވެ.  އަދި ތިމާއައި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުގެ ޒިންމާ ފުރިހަމަގޮތުގައި އުފުލަންޖެހޭކަން ކަމަށެވެ.

މީގެ އިތުރު އަލިރަސްގެފާނުގެ ޖިހާދުގެ ޒިކުރާ މިއަދު އާކުރާއިރު،  ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އާޢިލައާއި ގާތްތިމާގެ މީހުންދޫކޮށް ފުރާނައަތްމައްޗަށްލައިގެން ނިކުމެ ޤައުމުގެ ޚިދުމަތުގައި ތިބި އެތައް ދިވެހިދަރީންނެއް، މި ޤައުމުގެ އެކި ކަންކޮޅުތަކުގައި ތިބިކަން ހަނދާންކުރަންޖެހޭކަމަށެވެ.

ނޮވެލް ކޮރޯނާގެ ސަބަބުން މުޅި ދުނިޔޭގެ ޢާންމު ޞިއްޙަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާހިނދު ޤައުމީ ޖިހާދުގެ އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންނާއި، ސަލާމަތީ ޚިދުމަތްތަކާއި، ދަރުމަވެރިންނާއި އެހެންވެސް ފަރާތްތަކުން ވަމުން އެ އަންނަނީ ޝުކުރާއި ތަޢުރީފު ޙައްޤު ޤުރުބާނީއެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަހަކީ، އަލިރަސްގެފާނު ޕޯޗުގީޒުންނާއި ދެކޮޅަށް ހަނގުރާމަކުރައްވައި، ޝަހީދުވިދުވަހާއި ގުޅިގެން ފާހަގަކުރެވޭ ދުވަހެކެވެ. އަލިރަސްގެފާނު ޝަހީދުވެފައިވަނީ، ޕޯޗުގީޒުން ރާއްޖެއާއި ހަނގުރާމަކުރަންއައި ތިންވަނަ ފަހަރުގައެވެ. އެއީ މީލާދީން، 1558 އަހަރުގައެވެ. ވަރަށް ބޮޑެތި ތައްޔާރީތަކާއިގެން، ތިން ގުރާބު ފުރެންދެން އައި ލަޝްކަރާއި ހަނގުރާމަކޮށް އަލިރަސްގެފާނު ޝަހީދުވީ މީގެ 476 އަހަރުކުރިން، ހިޖުރައިން 965 ޝައުބާންމަހުގެ އެއްވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: