މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސައިން ރައްކާތެރިވުމުގެ ގިތުން ދިވެހިރާއްޖެއަށް އަންނަ ބޭރު މީހުނަނަށް އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާ ރާއްޖެއިން ބޭރުގެ އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭނެ ކަމަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވވިދާޅުވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހުކުރު ފުވަހުން ފެށިގެން ރާއްޖެއިން ބޭރު އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭނެ ކަމަށާއި އަދި އާދީއްތަ ދުވަހުން ފެށިގެން އިތުރު އެއް ހަފްތާއަށް ސުކޫލްތަކާއި ކޮލެޖްތަކާއި ސަރުކާރު އޮފީސްތައް ވެސް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސްގެ ސަބަބަުން އެކިއެކި ފަރާތްތަކުން ނަގާފައިވާ ލޯންތައް ދެއްކުމަށް ލުޔެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ހަ މަސް ފަސްކޮށްދޭން ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުރަތަމަ ހަ މަސް ފަހުން ދައްކާއިރު އިތުރު 20 ޕަސެންޓް ކުޑަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެޗްޑީއެފްސީއިން ދޫކޮށްފައިވާ ލޯންތައް ދެއްކުމަށް ވެސް ހަމަސް ދެވޭނެ ކަމަށެވެ. އަދި މިހާރު އެކިއެކި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތަކާއި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ކޮށްދިނުމަށް ބޭންކްތަކުން ލޯން ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުން ވިޔަފާރިތަކަށް ދޭން ނިންމާފައިވާ ލޯންތަކަށް އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށެވެ.
ދިވެހިރާއްޖެ އެކީއެކަށް ލޮކްޑައުންއަކަށް ދާން ޖެހިއްޖެނަމަ ސަރުކާރު އޮތީ ތައްޔާރަށްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ހަގީގަތުގައި މިހާރު ރާއްޖެ އޮތީ ލޮކްޑައިންއެއް ކަމަށާއި އެގޮތުން ކުރިއަށް 24 ގަޑިއިރު ފަހުން އެއްވެސް ބިދޭސީއަކަށް ރާއްޖެ އެތެނުވެވޭނެ ކަމަށާއި އަދި ރާއްޖޭގެ އެއްެަށުން އެނެއް ރަށަށް މީހުންނަށް ދަތުރު ކުރުން މަނާ ކަމަށާއި އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް ވެސް ދިއުން މަނާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން މިހާރު ރާއްޖެ މިއޮތީ ލޮކްޑައުންއެއްގައި ކަމަށާއި މިއަދު އެ ނޫން ގޮތެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ސާލިޙް ވިދާޅުވީ މިހާތަނަށް ރާއްޖޭގެ 50 ރިސޯޓް ބަންދު ކޮށްފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ރާއްޖޭގެ ހުރިހައި ރިސޯޓެއް ބަންދު ކުރަން ޖެހޭ ހާލަތަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު އެ ނޫން ގޮތެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އިތް ދެ ހަފްތާ ތެރޭގައި ރާއްޖޭގެ ރިސޯޓްތައް ބަންދު ކުރަން ޖެހުނު ނަމަވެސް މިއަހަރު ފަހުކޮޅު ދުނިޔޭގެ އިގްތިސާދަށް ބޮޑު ބޫސްޓެއް އަންނާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާ ކުރައްވާ ކަމަށެވެ. އެހެން ކަމުން އުންމީދު ކަނޑާލަން ޖެހޭ ހާލަތަށް ކަންކަން ނުދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ސާލިޙް ވިދާޅުވީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިމިވަނީ ކަމަކީ އިގްތިސާދީ ކަމެއް ނުވަތަ އިގްތިސާދީ މައްސަލައެއް ނުވަތަ އިކޮނަމިކް ކްރައިސިސްއެއް ނޫން ކަމަށެވެ. އެގޮތުން ދުނިޔޭގެ ގައުމުތަކުގައި އަދި ބެންކްތަކުގައި ފައިސާ ހުރިކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ވިދާޅުވީ އަންނަ އެޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން 10 މަސް ދުވަހަށްވާވަރަށް ރާއްޖެއަށް ކާޑުގެ ބާވަތްތައް ހަމަޖެހޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު އަޅާފައިިވާ ފިޔަވަޅުތަކާއި ރާއްޖެ އޮތް ގޮތުން، ރާއްޖެ އަށް މިކަމުން އަރައިގަންނަން އެހެން ގައުމުތަކަށް ވުރެ ފަސޭހަވާނެ ކަމަށާއި އެކަމަކު އެހެން ގައުމުތަކުގައި ބަލި އުޅޭ ނަމަ ކަންބޮވުން އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހާލަތު އެންމެ ގޯސް ވިޔަސް، ކަންތައް ކުރާނެ ގޮތުގެ ޕްލޭން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެބަ އޮތް ކަމަށާއި ހާލަތާ ގުޅޭ ގޮތުން މިހާތަނަށް ތިން ފަހަރަކު ޓެކްނިކަލް ޓީމުން ރިވައިސްކޮށްފައިވާ ކަމަށެވެ. އަދި އައިސީޔޫ ފެސިލިޓީ އާއި އައިސޮލޭޝަނަށް ވެސް ބޭނުންވާ ކެޕޭސިޓީ ތައްޔާރުކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

