ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ލައްކަ ރުފިޔާއާ ހަމައަށް އެހީ ލިބޭ ފެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓަށް ހުޅުވައިލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދެ ލައްކަ ރުފިޔާއާ ހަމައަށް އެހީ ލިބޭ ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ އޮފީހުން މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައި ވަނީ މިއީ ތަފާތު ދާއިރާތަކުން އިޖުތިމާއީ ފެންވަރުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން، އަމިއްލަ ޖަމިއްޔާތަކާއި ތައުލީމާއި ތަމްރީނު ދޭ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތަކާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކަށް މި ޕްރޮގްރާމުން އެހީތެރިކަން ދިނުމަށް ވަނީ ނިންމާފައެވެ.

ޕެންޝަން އޮފީހުން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން ދެ ލައްކަ ރުފިޔާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައި އޮތްއިރު، އަންނަ ޖުލައި 23ގެ 16:00ގެ ނިޔަލަށް ހުށަހެޅެމުގެ ފުރުސަތު އޮންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: