ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ޔަޒްމީދު އައްޔަންކޮށްފި

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް އައްޔަންކުރި ޔަޒްމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސްތިއުފާ ދެއްވި ޔަޒްމީދު މުހައްމަދު ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އައްޔަނުކޮށްފިއެވެ.

ޕެންޝަން އޮފީހުން މިއަދު ބުނެފައިވަނީ، ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑުން އެ އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު އައްޔަންކޮށްފައިވާ ކަމަށެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އޭނާ އެ މަގާމަށް އައްޔަންކޮށްފައިވާއިރު، އަންނަ އާދިއްތަ ދުވަހުން ފެށިގެން އޭނާ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަން ފައްޓަވާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އޭނާ އަކީ ދައުލަތުގެ އަދި ޕްރައިވެޓް ސެކްޓާގައި އިސް މަގާމުތަކުގައި 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ގަވަރނަންސް، އޮޑިޓިން، އެންޓި ކޮރަޕްޝަން، އެކައުންޓިން، ފައިނޭންސް އަދި ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް އައްޔަންކުރައްވާ މެމްބަރުގެ ގޮތުގައި އެ ކޮމިޝަނުގައި އިންނެވި ޔަޒްމީދު އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭނާ ވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްކަން ވެސް އަދާކުރައްވައިފައެވެ.

އޭގެ އިތުރުން، މީގެ ކުރިން ޔަޒްމީދު ވަނީ އޭސީސީގެ މެމްބަރު ކަމާއި އޮޑިޓާ ޖެނެރަލް އޮފީހުގެ އޮޑިޓް މެނޭޖަރުކަން ވެސް ކުރައްވައިފައެވެ.

ޔަޒްމީދަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކޮށްފައިވާ ސަރޓިފައިޑް ޗާޓަރޑް އެކައުންޓެންޓެކެވެ. އަދި އޯޕަން ޔުނިވަރސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވުމުގެ އިތުރުން އޮކްސްފޯރޑް ބްރޫކްސް ޔުނިވަރސިޓީއިން އެކައުންޓިންގ ދާއިރާއިން ފަސްޓް-ކްލާސް އޮނަރސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.

އޭނާ އެ މަގާމަށް އައްޔަންކޮށްފައި މިވަނީ ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެން އެ އޮފީހުގެ ބައެއް އިސްވެރިން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: