ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓު ދޫކުރުމައި ނާޖާއިޒު ކަމެއް ނުހިނގާނެ، ވަކި ބަޔަކަށް އިސްކަމެއް ނުދޭނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢެއް ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

”ނޭޝަން ޗެޓް“ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ސަރުކާރުގެ ބޯހިޔަވާކަމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ކުރިއަށްދަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތްތައް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މަޝްރޫޢުގެ ތެރެއިން އެއްވެސް ކަހަލަ ނުފޫޒެއްގެ ބޭނުންކޮށްގެން، ވަކި މީހަކު ބޭނުންވާހާ ގޮތަކަށް، ވަކި މީހަކަށް ނުވަތަ ވަކި ޢާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ނުހިނގާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ބޯހިޔާވަހިކަމަކީ ހަމަ އެންމެ ޟަރޫރީ، އެންމެ މުހިންމު ކަންތައް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން ދޭ އެއްވެސް ފްލެޓަކާއި ގޯއްޗެއް ދިނުމުގައި އެއްވެސް ކަހަލަ ނާޖާއިޒުކަމެއް ނުހިމެނޭނެކަމުގެ ޔަޤީންކަން، ރައީސް ދެއްވިއެވެ. އަދި މި މަސައްކަތުގައި އުޅުއްވާ ފަރާތްތަކާމެދު އެކަމުގެ އިތުބާރު އެބައޮތްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހަމަ މި މޭރުމުން އެމަނިކުފާނު ވަނީ ވެރިރަށް، މާލޭ ސިޓީގެ އުމްރާނީ ތަރައްޤީއަށް ކުރެވެމުންދާ ބޮޑެތި ބައެއް މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މާލޭ ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މަގުމަތީގެ މައްސަލަތައްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މުޅި މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައެވެ.

އެގޮތުން މަގުތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން، ޕާކިންގގެ މައްސަލައަށް ހައްލު ގެނައުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަމިއާއެކު، ފަރުދީ ޒިންމާވެސް އަދާކުރުން ވަރަށް މުހިންމުކަމަށާއި، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ހައްލު އަންނާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ޚާއްޞަ އިސްކަމެއްދެއްވާކަން ރައީސް ފާހަގަުރެއްވިއެވެ. ކުރިއަށް އޮތްތަނުގައި، މިހާރަށްވުރެވެސް ބޮޑަށް ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައެވެ. އެގޮތުން، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފައްޓަވާނެކަމުގައިވެސް އެމަނިކުފާނު ވަނީ މިރޭގެ ޕޮޑްކާސްޓްގައި ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: