މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ދިވެއްސަކު ޕޮޒިޓިވް ވެފައިވާކަން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހާމަކުރައްވައިފިއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމިގައި މިނިސްޓަރ އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ އިނގިރޭސީވިލާތުން ރާއްޖެައި މީހެއް ކަމަށާއި އަދި އޭނާ ހުރީ ކަރަންޓީން ފެސިލިޓީއެއްގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި އިނގިރޭސީ ވިލާތުން އައި އެ މީހާއަކީ އުމުރުން38 އަހަރުގެ މީހެކެވެ. އަދި ވިދާޅުވީ އިނގިރޭސި ވިލާތުން އައި ދިވެހި މީހާގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނުމާއި ގުޅިގެން ކަރަންޓީން ކޮށްފައިވަނީ މިމަހުގެ 22 ގައި ކަމަށާއި އަދި އޭނާގެ ޓެސްޓްތައް ހަދަން ފޮނުވީ މިމަހުގެ 25 ވަނަ ދުވަހު ކަމަށާ އަދި ފޮޒިޓިވް ކަމުގެ ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ޕްޒިޓިވް މީހާ މިހާރު ކަރަންޓީން ކޮށްފައި ވަނީ ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު އޭނާއާއި ކޮންޓެކްޓްވި މީހުން ޓްރޭސް ކުރުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ އަމީން ފާހަގަ ކުރެއްވިއެވެ.

