ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030“ ރަސްމީކޮށް އިފްތިތާޙުކޮށްފި

ފޮޓޯ" ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްޙީ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް އެކުލަވާލި ”މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030“ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނު ސަރުކާރުގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު އެކުލަވާލެވުނު މި ބްލޫޕްރިންޓަކީ، ދިވެހި ސަރުކާރުގެ ”މޯލްޑިވްސް 2.0: ޑިޖިޓަލް ފަސްޓް ނޭޝަން“ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ.

މި ބްލޫޕްރިންޓްގައި ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ގެންގުޅޭނެ ޤައުމީ ތަޞައްވުރާއި މިޞްރާބު ހިމަނާފައިވެއެވެ. އަދި ރައްޔިތުންނަށް އިސްކަންދޭ، ރައްކާތެރި، ޑިޖިޓަލް ސިއްޙީ ނިޒާމެއް ބިނާކުރުމަށް ބޭނުންވާ ހިންގުމުގެ އޮނިގަނޑުތަކާއި، މިންގަނޑުތަކާއި، ޑިޖިޓަލް ޤާބިލުކަން އިތުރުކުރުމާއި އަސާސީ އިންވެސްޓްމަންޓްތަކުގެ ތަފްޞީލުވެސް މި ބްލޫޕްރިންޓްގައި ހިމެނިފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ، ގީލާ ޢަލީ ވިދާޅުވީ، ސިއްޙީ ޚިދުމަތް ދިނުން ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފަސޭހައިން ސިއްޙީ ޚިދުމަތްތަކެއް ލިބޭނެ ގޮތް ކަށަވަރުކުރުމަށް ޓަކައި ޑިޖިޓަލް ބަދަލެއް ގެނައުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030″ އިފްތިތާޙްކުރުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދޭނީ ކުރިއަށް އޮތް 12 މަހާއި 18 މަސްދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ މުހިންމު ކަންތައްތައް ތަންފީޒުކުރުމަށް ކަމަށް ސަރުކާރުން ބުނެއެެވެ.

މީގެ ތެރޭގައި ޑިޖިޓަލް ސިއްޙީ ނިޒާމުގެ ހިންގުން ހަރުދަނާކުރުމާއި، އެކި ސިސްޓަމްސްތައް ގުޅާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، ކުރިމަގުގައި ޑިޖިޓަލައިޒޭޝަންއަށް ކުރެވޭ އިންވެސްޓްމަންޓްތައް ހަރުދަނާކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: