އައިލޭންޑް ސަފާރީގައި ތިބި ދެ ފަތުރުވެރިއަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވީއިރު، ހައި ރިސްކް ކޮންޓެކްޓުވެ އެ ސަފާރީގައި ތިބި މީހުންގެ ތެރެއިން ކަރަންޓީން ކުރި މީހުންގެ ތެރެއިން ދެ މީހަކު އިޓަލީއަށް ދިއުމަށް ފަލައިޓުގައި ތިއްބައި ޕޮޒިޓިވްކަން އެނގުމާއި އެކު ޓްރާންސްފާއަށް ހަމަޖެހިފައި އޮތް މޮސްކޯއިން އެ އެއާލައިން ކަރަންޓީންކޮށްފިއެވެ.
ހުކުރު ދުވަހުގެ 11:30 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި އެއާލައިންއަކީ ރަޝިއާގެ އެއަރޯފްލޮޓްއެވެ. އެއީ ރަޝިއާގެ ގައުމީ އެއާލައިންއެވެ. ރަޝިއާގެ އެ އާލައިން މޮސްކޯއަށް ލޭންޑު ކުރާގޮތަށް އޮތީ ރާއްޖެ ގަޑިން އިރުއޮއްސި 18:30 ގައެވެ. އެއަށްފަހު އިޓަލީގެ ރޯމްގެ ލިއޮނާޑޯ ޑާވިންޗީ އެއާޕޯޓަށް ދެވޭނެ ތާރީހެއްކަމަށް އޮތީ ރާއްޖޭގެ ގަޑިން މާދަމާގެ 11:45 ގައެވެ.
ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިއަކު، ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވަނީ ”14 ދުވަހުގެ ކަރަންޓީން“ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ފުރުމުގެ ކުރިން ސާމްޕަލް ނަގާފައިވަނިކޮށެވެ. އެހެން ނަމަވެސް އެ މީހުން ފުރުވާލާފައިވަނީ ސާމްޕަލްތަކުގެ ނަތީޖާތައް ނުލިބެނީހެވެ. އެކަމާއި ގުޅިގެން ދަރުބާރުގޭގައި ކުއްލިގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިއަކު، ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ހައި ރިސްކް މީހުން ފުރައިގެން ދިއުމުގެ ކުރިން ޓެސްޓުކުރާކަމަށާއި އަދި އެއީ ”ރީސާޗް“ ގެ ބޭނުމަށް ކުރާ ކަމެއްގެ ގޮތުގައި އަމީން ވިދާޅުވިއެެވެ.

ސާމްޕަލްތަކުގެ ނަތީޖާތައް ލިބުނުއިރު، 300 އިތުރު މީހުންނާއި އެކު އެއާލައިން ވަނީ ދަތުރު ފަށާފައެވެ. އަދި ދިވެހި ސަރުކާރުން ވަނީ އެކަން ވަގުތުން ރަޝީއާގެ ކަމާއި ބެހޭ އިދާރާތްކާއި ހިއްސާކޮށްފައެވެ. ސަބަބަކީ، އިޓަލީގެ ރޯމްއަށް ދަތުރުކުރި އެ ފްލައިޓު ރަޝީއާގެ މޮސްކޯއިން ޓްރާންސިޓް ކުރާތީއެވެ.
މިއަދު ރާއްޖެއިން ފުރި އެ ބޯޓަކީ ރާއްޖޭގައި ތިބި އިޓަލީ މީހުން ބަލައި އައި ފްލައިޓެއްގެ ގޮތުގައި ސަރުކާރުން ވަނީ ބުނެފައެވެ. އެ ފްލައިޓުން 358 މީހުން މިއަދު ފުރާފައިވެއެވެ.
ރާއްޖެއިިން އެންމެ ފުރަތަމަ ކޮރޯނާވައިރަހުގެ ކޭސް އެއް ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ މީހަކު އެނބުރި ގައުމަށް ދިޔަ ފަހުން، އޭނާ ބައްޔަށް ޕޮޒިޓިވްވިކަން ފާހަގަ ވެގެން ޓެސްޓް ކުރުމުންނެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހުގެ 14 ކޭސް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން އަށް މީހަކު ބަލިން ރަނގަޅުވެފައިވާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި 10 ދުވަަހަށް ފަހު ފެނުނު ކޭސްއަކީ ރާއްޖެއިން ބޭރުން އައި ދިވެއްސެކެވެ. އެއީ، މިމަހުގެ 21 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.