ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ވަޒީރަކަށް ރައްޔިތުންގެ ހުރިހާ ޒަރޫރީ ޑޭޓާއެއްގެ ބާރު އޮތުމަކީ ކަންބޮޑުވުމެއް: މެންބަރު ޝަމްހީދު

ފޮޓޯ: ރައްޔިތުންގެ މަޖްލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލްގައި ހުށަހަޅާފައިވާ ގޮތުން، ރައްޔިތުންގެ ޒާތީ މައުލޫމާތާއި ޑޭޓާތަކުގެ މައްޗަށް އެންމެ ވަޒީރަކަށް ނުފޫޒު ފޯރުވޭ ގޮތަށް އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ މި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޑިޖިޓަލައިޒްކުރުމެއް ނޫން ކަމަށާއި، ނަމަވެސް އެ ނިޒާމު ހިންގުމަށް ކަނޑައަޅާފައިވާ ގާނޫނީ އަދި މުއައްސަސީ އޮނިގަނޑު ކަމަށެވެ.

ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި މި ބިލުގެ ދަށުން ރައްޔިތުންގެ ވަރަށް ނާޒުކު މައުލޫމާތުތައް އެއްކުރެވޭނެއެވެ. އޭގެ ތެރޭގައި އައިޑީ ކާޑުގެ މައުލޫމާތާއި، ބަޔޯމެޓްރިކް ޑޭޓާ، ސިއްހީ ރެކޯޑުތައް، ބޭންކިން މައުލޫމާތު އަދި ސީސީޓީވީ ފޫޓޭޖް ފަދަ މައުލޫމާތުތައް ހިމެނެއެވެ.

”އަޅުގަނޑުމެން މި ދައްކަނީ ގިނަ ބައެއްގެ ޒާތީ މައުލޫމާތު ރައްކާކުރުމުގެ ވާހަކަ. އައިޑީ ކާޑާއި ބަޔޯމެޓްރިކްސް، ސިއްހީ މައުލޫމާތާއި ބޭންކް މައުލޫމާތު އަދި ސީސީޓީވީ ޑޭޓާ، މި ހުރިހާ އެއްޗެއް އެއްތަނެއްގައި ރައްކާކުރެވޭ ވާހަކަ،“ ޝަމްހީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވަކާލާތު ކުރެއްވީ، މިފަދަ ގިނަ އަދަދެއްގެ މައުލޫމާތު އެއްތަނަކަށް ޖަމާކުރާއިރު، އެ ނިޒާމު ބަލަހައްޓައި ސުޕަވައިޒް ކުރަންވާނީ މިނިވަން މުއައްސަސާއަކުން ކަމަށެވެ. މުއައްސަސާތަކުގެ މިނިވަންކަމަކީ މިފަދަ ނިޒާމެއްގައި ކޮންމެހެން މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި މިހާރު ބިލު އޮތް ގޮތުން އެންމެ ވަޒީރަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދެއެވެ. މީގެ ސަބަބުން ޖަވާބުދާރީވުމުގެ ނިޒާމަށް ހުރަސްއެޅި، ރައްޔިތުންގެ ޑޭޓާ ރައްކާތެރިކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

”މިއަދު ގާނޫނު ބައްޓަންވެފައި މިއޮތީ އެއް ވަޒީރަކަށް ހުރިހާ ބާރެއް އޮންނަ ގޮތަށް،“ މަޖިލީހުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލަކީ ސަރުކާރުގެ ”ޑިޖިޓަލް ފަސްޓް“ ސިޔާސަތުގެ ދަށުން، ދައުލަތުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލައި، ޑިޖިޓަލްކޮށް ޚިދުމަތް ދިނުމަށް މަގުފަހިކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ. ނަމަވެސް، މި ބިލުގައި ހުރި ޑޭޓާ ރައްކާތެރިކުރުމުގެ މައްސަލަތަކާއި މިނިވަންކަމާ މެދު ބައެއް މެންބަރުން ދަނީ ސުވާލު އުފައްދަމުންނެވެ.

މި ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ދަނީ ކުރިއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: