ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާފިއުގަޑީގައި ނިކުމެ އުޅޭ މީހުންނަށް ފިޔަވަޅު އަޅާނަން: ފުލުހުން

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް. ފޮޓޯ: ޕޮލިސްލައިފްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކާފިއު ޢިއުލާނުކޮށްފައި އޮންނަ ވަގުތުތަކުގައި މަގުމައްޗަށް ނިކުމެ އުޅޭ މީހުންނާއި ދޭތެރޭ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެތެރެއިން، ދަރުބާރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ، އޭޕްރީލް ދެވަނަ ދުވަހުން ފެށިގެން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ސަރަޙައްދުތަކުގައި ހަވީރު 17:00 އިން ރޭގަނޑު 20:00 އާއި ދެމެދުގައި، މަގުމަތީގައި އުޅޭ މީހުންނާއިމެދު، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ފިޔަވަޅު އަޅާނެކަމަށެވެ.

މީގެ އިތުރުން، ސަމީރު ވިދާޅުވީ، މަގުމަތީގައި އުޅޭ ފަރާތްތަކަށް ފުލުހުން ނަސޭހަތްތެރިވާނެކަމަށާއި، ނިކުމެ އުޅުން ތަކުރާރުކުރާ މީހުން ޖޫރިމަނާކުރާނެކަމަށެވެ.

ސަމީރު ވިދާޅުވީ، ކާފިއު އިޢުލާނުކޮށްފައި އޮންނަ ވަގުތުތަކުގައި، ވަކި އިދާރާތަކެއް މިހާރުވަނީ އިސްތިސްނާ ކުރެވިފައިކަމަށާއި، އެ ފަރާތްތަކަށް މޯލްދީވްސް ޕޮލިސް ސާވިސްއިން ސްޓިކާ ދޫކުރަމުން ގެންދާނެކަމަށެވެ.

މި ގޮތުން، މާލެއިންނަމަ ސްޓީކާދޫކުރާނީ، ޓޯޔާރޑުންކަމަށާއި، ހުޅުމާލެއާއި ވިލިމާލެއިން ސްޓިކާދޫކުރާނީ އެ ދެރަށުގައި ހުންނަ ޕޮލިސް ސްޓޭޝަނުންކަމަށެވެ.

”މީގެ އިތުރުން މަގުމައްޗަށް ނިކުތުން މަނާގަޑިތަކުގައި ވަކި އިދާރާތަކެއް މިހާރުވާނީ އިސްތިސްނާ ކުރެވިފަ. ނުވަތަ ވަކި ފަރާތްތަކަކަށް މި ދުއްވުމަށް މި އިސްތިސްނާކުރެވިފައިވޭ އިޢުލާނުގެ ދަށުން. އެ ފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މާލެއިންނަމަ ޓޯޔާރޑުން އަދި ހުޅުމާލޭގައި ޕޮލިސް މަރުކަޒުން ވިލިމާލޭގަވެސް ޕޮލިސް މަރުކަޒުން ސްޓިކާދޫކުރަމުން ގެންދާނެ…“ ސަމީރު

މި އުސޫލުގެ ދަށުން ސްޓިކާ ލިބޭ ފަރާތްތަކުގެތެރޭގައި ޓެކްސީ ސެންޓަރުތައް، ޕިކަޕް ސާވިސްތައް، މީޑިއާ ބޭފުޅުން، ޑެލިވަރީކުރައްވާ ފަރާތްތަކަށް، ކުންފުނިތަކަށް އަދި ގޭހާއި ފެން ފަރާތްތައް ވެސް މީގެ ތެރޭގައި ހިމެނިގެންދާނެކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން، ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް ކާފިއު ޢިއުލާނުކޮށްފައިވާއިރު އެޗްޕީއޭއިންވަނީ މިއިން އިސްތިސްނާވާ ފަރާތްތައް އިއްޔެ ހާމަކޮށްފައެވެ. މި ހުރިހައި ފަރާތްތަކަށް ވެސް ސްޓިކަ ލިބިގެންދާނެކަމަށް ސަމީރު ވިދާޅުވިއެވެ.

މި ގޮތުން، އިސްތިސްނާވާ ފަރާތްތަކުގެތެރޭގައި:

1.ސަލާމަތީ ބާރުތަކާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.

2. ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި، އެ ފަރާތްތަކުން ދުއްވާ އުޅަނދުފަހަރު.

3. ވެމްކޯގެ ޔުނީފޯމު އަޅަފައިވާ ޑިއުޓީ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.

4. އުރީދޫ، ދިރާގު، ބޭންކްތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީގެ ޔުނީފޯމު އަޅަފައިވާ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.

5. ދަޢުލަތުގެ (”ޖީ“ ބޯޑު ހަރުކޮށްފައިވާ ) އުޅަނދުފަހަރު.

6. ޑިޕްލޮމެޓިކް އުޅަނދުފަހަރު.

7. ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް.

8. ފާރމަސީތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.

9. އެޗްޕީއޭއިން ދޫކޮށްފައިވާ ޚާއްސަ ސްޓިކަރ ޖަހައިފައިވާ އުޅަނދުތައް.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: