ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް،  އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސައިފި

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް. ފޮޓޯ: ކޯޕަރޭޓްމޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް،  އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ހާމަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ޢިއުލާނެއްގައި ބުނީ، މި މިނިސްޓްރީން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ކޯޓާގެ މުއްދަތު އިތުރުކުރުމުގެ ޚިދުމަތާއި، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ޚިދުމަތް، ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ވެސް، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ، އޭޕްރީލް 5 ވަނަ ދުވަހުން ފެށިގެން، އޭޕްރިލް 9 ވަނަ ދުވަހުގެ ނިޔަލަށް، ހެނދުނު 10:00 އިން މެންދުރު 12:00 އަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: