ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ވީޑިއޯކޯލް މެދުވެރިކޮށް ޢާއިލާއާއި ބައްދަލުކުރެވޭނެ: ކަރެކްޝަން

ފޮޓޯ: ކަރެކްޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ވީޑިއޯކޯލް މެދުވެރިކޮށް ޢާއިލާއާއި ބައްދަލުކުރުމުގެ އިންތިޒާމު ކަރެކްޝަނަލް ސާވިސްއިން ހަމަޖައްސައިފިއެވެ.

ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނީ، އެ ސަރވިސްގެ ޢާންމު އުސޫލު ނަންބަރު AU-2020/06 (ޤައިދީންނާއި ބަންދުމީހުންނަށް ވީޑިއޯ ކޯލު ދިނުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު) އަށް މިއަދު ޢަމަލުކުރަން ފަށައިފާވަކަމަށެވެ.

ވީޑިއޯ ކޯލް ދިނުމުގެ މަޤްސަދަކީ، ދިމާވާ ކުއްލި ހާލަތްތަކުގައާއި، ޢާއިލީ ބައްދަލުވުން މެދުކަނޑާލަން ޖެހޭ ހާލަތްތަކުގައްޔާއި، ޢާއިލީ ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްނުކުރެވޭ ޢާއިލާތަކަށާއި، އެނޫންވެސް ޒަރޫރީ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، އާއިލާ މެންބަރުންނާއި ބައްދަލުކޮށް ޢާއިލާއާއި އޮންނަ ގުޅުމަށް ހީނަރުކަމެއް އަޔަނުދީ، އެ ގުޅުން ހެޔޮގޮތުގައި ދެމެހެއްޓުންކަމަށް ކަރެކްޝަންއިން ބުނެއެވެ.

މީގެ އިތުރުން، ކަރެކްޝަން އިން ބުނީ، މި ސަރވިސްއިން އެއްވެސް ޙާލަތަކާ ގުޅިގެން ވަކީލުންގެ ބައްދަލުވުންތައް މެދުކަނޑައިލަން ޖެހިއްޖެނަމަ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަކީލުންނާއި ބައްދަލުކުރެވޭނެގޮތް ވެސް، ހަމަޖެހިފައިވާނެކަމަށެވެ.

ކަރެކްޝަންއިން ބުނީ، ކޮންމެ ޤައިދީއަކަށާއި، ބަންދުމީހަކަށް ޢާއިލީ ބައްދަލުވުމުގެގޮތުގައި “ސްކައިޕް” މެދުވެރިކޮށް މަހަކު 2 ފަހަރު 15 މިނެޓުގެ ވީޑިއޯކޯލެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ވީޑިއޯ ކޯލުގެ ފުރުޞަތު ލިބިގެންދާނެ ހާލަތްތައް:

1. ޢާއިލާ މެންބަރެއްގެ ބަލިހާލަތު ބޮޑުވެ އެޑްމިޓްކޮށްފައިވަނިކޮށް، ޤައިދީ ނުވަތަ ބަންދުމީހާ ނުގެންދެވޭ ހާލަތް.
2. ޢާއިލާ މެންބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށް ޤައިދީ ނުވަތަ ބަންދުމީހާ ނުގެންދެވޭ ހާލަތް.
3. އަނިބިމީހާ ވިހެއުމާއި ގުޅިގެން ޤައިދީ ނުވަތަ ބަންދުމީހާނުގެންދެވުމާއި، ދަރިފުޅު ހިތާނުކުރުމާއި ގުޅިގެން ނުގެންދެވޭ ހާލަތް.

މިފަދަ ހާލަތްތަކުގައި 15 މިނެޓުގެ ވީޑިއޯ ކޯލެއް ދިނުމަށް ހަމަޖައްސާފައިވާކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.

ވީޑިއޯ ކޯލް މެދުވެރިކޮށް ޢާއިލީ ބައްދަލުވުމަށް ހޯދަން އެދޭ ފަރާތްތަކުން، އޭޕްރީލް 05 ވަނަ ދުވަހުންފެށިގެން، އެ ކަމަށް އެދި ފޯމު ހުށަހެޅުމުން ބައްދަލުވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ކަރެކްޝަނުން ހާމަކޮށްފައިވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: