ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވ. ތިނަދޫ ރައީސްގެ ގޮނޑި ގެއްލުވާލި މައްސަލަ އެމްޑީޕީން ކޯޓަށް ހުށަހަޅަނީ

ވ، ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ޝުޖާއު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލުނު ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން މިއަދު ނިންމައިފިއެވެ.

މި މައްސަލައަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރަކު އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ.

ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދަފްތަރުވެއްޖެ ނަމަ، އެ މީހަކު ކައުންސިލަރުކަމުން ވަކިވާނެއެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރިން ކުރެއްވި ޝުޖާއު މި އަހަރު ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެމްޑީޕީއަށް ބަދަލުވެވަޑައިގެންފައެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ޝުޖާއުގެ ގޮނޑި ގެއްލުވާލީ ގާނޫނާ ހިލާފަށް ކަމަށް އެ ޕާޓީގެ ގާނޫނީ ކޮމިޓީން ދެކޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ އަންނަ ހަފުތާ ތެރޭގައި އެންމެ ލަސްވެގެން ވެސް އެ މައްސަލަ ޝަރީއަތަށް ހުށަހެޅޭނެ، ޕާޓީގެ ގާނޫނީ ކޮމިޓީން ދަނީ އެ ކަމުގެ ގާނޫނީ މަސައްކަތްތައް ކުރަމުން،“ ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މައްސަލައިގައި ޝުޖާއު ވިދާޅުވެފައިވަނީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އޭނާ އިންތިހާބުވި ދަ ޑިމޮކްރެޓްސް ޕާޓީ އުވާލުމާ ގުޅިގެން ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ދަ ޑިމޮކްރެޓްސް އުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: